ޓެކްސީ ޑްރައިވަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 49ސ
ޓެކްސީ ޑްރައިވަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފި

ޓެކްސީގެ ހިދުމަތަަށް އަލަށް ނުކުންނަ މީހުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގެ މި އަހަރުގެ ދެވަނަ ޕްރޮގްރާމް ފަށައިފިއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޑުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތުދީ ޓެކްސީ ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދޭނެއެވެ.

މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 266 މީހަކު ބައިވެރިވެފައިވާއިރު މައުލޫމާތު ދިނުން ކުރިއަށް ގެންދާނީ ގްރޫޕް ތަކަކަށް ބަހާލައިގެންނެވެ.

ޓެކްސީ ޑްރައިވަރުންނަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެެވެ.

މިއަދު އޮންލައިން