މަތީގައިވާ ފޮޓޯއިން ފެންނަ ކ. މާލެ، ގ. ހިޔަރޯދި، މުޙައްމަދު ޝަމްޢާން ސަލީމް(26އ) އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދައި ނުފެނިފައިވާ މީހެކެވެ.
މުޙައްމަދު ޝަމްޢާން ސަލީމް ހޯދަމުންދަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެންއެވެ.
ވީމާ، މުޙައްމަދު ޝަމްޢާން ސަލީމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.