2020 މާރިޗު 27 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ނޯތު ހާބަރު ތެރޭގައި ސައްހަނޫން ރަޖިސްޓްރީ ބޯޑެއް އަޅުވާފައިހުރި ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ، އެ ސައިކަލްގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ސައިކަލްގެ ވެރިފަރާތް ހޯދަނީ ސައިކަލްގެ ވެރިފަރާތް އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ ސައިކަލް ވެރިފަރާތާ ހަވާލުކުރެވިފައިނުވާތީއެވެ.
މި ސައިކަލްގެ ސައްހަ ރަޖިސްޓްރީ ނަންބަރަކީ AAOB P5733 އެވެ.
ވީމާ މި ސައިކަލްގެ ވެރިފަރާތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުމަށް އެދެއެވެ. އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލު ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ވާހަކަ ވެސް ދެންނެވިއެވެ.