ބަޙްރައިންގެ ބޮޑުވަޒީރު އަވަހާރަވުން- އިސްލާމީޤައުމުތަކުގެ ވެރިންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބަޙްރައިންގެ ބޮޑުވަޒީރު އަވަހާރަވުން- އިސްލާމީޤައުމުތަކުގެ ވެރިންނަށް ފިލާވަޅެއް!

ބަހްރައިންގެ ބޮޑުވަޒީރު ޝައިޚް ޚަލިފާ ބިން ސަލްމާން އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 84 އަހަރެވެ. 

ޔޫއޭއީ އާއި ބަޙްރައިނަކީ ކިތަންމެ ގާތް ދެ ޤައުމު ނަމަވެސް ޔޫއޭއީހައި އަދި ބަޙްރައިން ޖާހިލެއް ނޫނެވެ. ދީނީ ކަންކަން އޮތް ޙާލަތަށް ބަލައިފިނަމަ ބަޙްރައިން ވެސް އޮތީ ހަމަ ބޮޑު ނުރައްކަލުގެތެރޭގައެވެ. 

ޔޫއޭއީގައި އަމަލުކުރަނީ އިސްލާމީ ޝަރީޢަތަށްކަމަށް ބުނަމުން އެ ޤައުމުގެ ރައްޔިތުންނަށް ބަނގުރާ ބުއިމާއި ކައިވެނިނުކޮށް އަންހެނުންނާއި ފިރިހެނުން އެކުގައި ދިރިއުޅެން ހުއްދަކުރީ އިހަށް ދުވަހުއެވެ. ލިބެމުން މިދަނީ ވިސްނައިފި މީހަކަށް މަތިވެރި ފިލާވަޅުތަކެވެ. 

ކިތަންމެ ބޮޑު ވެރިއެއް ނަމަވެސް ދުނިޔެ ދޫކޮށް ދާން މިޖެހެނީ އެކަންކަން ނަހީކުރެއްވެވި ﷲ ގެ ޙަޟްރަތަށެވެ. ރަސްމީކޮށް ހުއްދަކުރިކަން އިޢުލާނު ނުކުރިނަމަވެސް އެފާފަތައް ކުރުމުން ﷲ ގެ ޙައްދުތައް ޤާއިމުނުކުރާ މުސްލިމް ޤައުމުތަކުގެ ވެރިން މިކަންކަމަށް ވިސްނައިލުން ބުއްދިވެރިއެވެ. 

ގުޅުންހުރި ލިޔުން އަލްޖަޒީރާ:

https://www.aljazeera.com/news/2020/11/11/bahrain-pm-has-died-royal-palace-says

މިއަދު އޮންލައިން