އިންޑިއާގަ ގޮތް ނޭނގޭ ބައްޔެއް ފެތުރެން ފަށައި އެކަކު މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އިންޑިއާގަ ގޮތް ނޭނގޭ ބައްޔެއް ފެތުރެން ފަށައި އެކަކު މަރުވެއްޖެ!

އިންޑިއާގެ އަންދުރަ ޕްރަދޭޝް ސްޓޭޓްގެ އެއްލޫރުގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެން ފަށައި، އެކަކު މަރުވެއްޖެއެވެ. 

ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ މިބަލި މިހައިތަނަށް 350 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކަމަށެވެ. މީގެ ތެރެއްިން 186 މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ވެސްބުނެއެވެ. 

މިއީ ނުރައްކާތެރިބައްޔެއް ނޫންކަމަށް ސަރުކާރުން ބުނި ނަމަވެސް ބަލިޖެހޭމީހުންގެ ކަޅި ހުއްޓި، ފިޓްޖެހި، ހޭނެތުން ފަދަ ކަންކަންވެސް ދަނީ މެދުވެރިވަމުންނެވެ. ބަލީގެ ޙަޤީޤަތް ދެނެގަތުމަށް އިންޑިއާގެ ސައިންސްވެރިންގެ ޓީމެއް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

އިންޑިއާ ސަރުކާރުން ގެންދަނީ ކޮރޯނާއިން އިންޑިއާ ސަލާމަތްކުރަން ކަމަށްބުނެ ބާބްރީ މަސްޖިދު ހުރި ބިމުގައި ފައްޅިއަޅަމުންނެވެ. ކޮރޯނާގެ ޙާލަތަށްބަލާއިރު އިންޑިއާ މިވަގުތު އޮތީ މުޅިދުނިޔެއިން 2 ވަނަގައެވެ. 1 ވަނައިގައި އޮތް އެމެރިކާގެ 15 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އިންޑިއާގެ 9 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

މިއަދު އޮންލައިން