މުސްލިމުންގެ ހަށިތައް އަންދާ ހަމައެކަނި ޤައުމަކީ ސްރީލަންކާ! މުސްލިމުން އެދެމުންދަނީ އެމީހުންގަނެފައިވާ އަމިއްލަ ބިމުގަ ވަޅުލަން ހުއްދަދިނުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މުސްލިމުންގެ ހަށިތައް އަންދާ ހަމައެކަނި ޤައުމަކީ ސްރީލަންކާ! މުސްލިމުން އެދެމުންދަނީ އެމީހުންގަނެފައިވާ އަމިއްލަ ބިމުގަ ވަޅުލަން ހުއްދަދިނުމަށް!

ކޮވިޑާއި ގުޅިގެނަކަމަށް ބުނެ މުސްލިމުންނަށް ގޯނާކުރަން ފާސްކުރި ޤާނޫނުގެދަށުން ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް އަންދަމުން ގެންދާއިރު މުސްލިމުން އެދެމުން ގެންދަނީ އަވަށްތަކާއި ދުރުގައި ހުރި މުސްލިމުންގެ އަމިއްލަ ބިންތަކުގައި ވަޅުލަން ހުއްދަދިނުމަށެވެ. 

ސަރުކާރުން ބުނަނީ ބުދިސްޓުންގެ ހަށިގަނޑުތައް އަންދާއިރު މުސްލިމުންގެ ހަށިގަނޑުތައް އަންދަން ދެކޮޅުހަދަންޖެހެންވީ ސަބަބެއް ނެތްކަމަށެވެ. 

ޖަވާބުގައި މުސްލިމުން ބުނަނީ ބުދިސްޓުންގެ ހަށިތައް އަބަދުވެސް އަންދަނީ ކަމަށާއި އެއީ ބުދިސްޓުންނަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މުސްލިމުންނަށް އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. 

މަރުވާ މުސްލިމުންގެ ހަށިތައް އަންދާތީ ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ އެކަމަށް ދެކޮޅުހަދައި މުޒާހަރާކުރަމުންނެވެ. އަދި ސްރީލަންކާގައވެސް ގެންދަނީ މުޒާހަރާކުރަމުންނެވެ. ކޮރޯނާ ޖެހިގެން މަރުވުމުން އެއީ ހަށިގަނޑު އަނދާލަންޖެހޭ ކަމެއްކަމާއި ޢަމަލުކުރާ ޤައުމަކީ ހަމައެކަނި ޤައުމަކީ ސްރީލަންކާއެވެ.

މިއަދު އޮންލައިން