ފަރުވާތެރިކަމާއިއެކު ޚަބަރުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! އަދި ދެކެވިފައިހުރިވާހަކަތައް އަޑުއައްސަވައިލައްވާށެވެ!
ޕްރޮގްރާމްގައި އޮތް ގޮތުން އިމާމަށް ބަންގިގޮވާލުމުގެ ފުރުޞަތު ލިބުނީ އޯޗެސްޓްރާ މިޔުޒިކުގެ ޙަރަކާތަކަށްފަހުގައެވެ. ބަންގިގޮވައި ނުމުމުން މިޔުޒިކް އަލުން ފަށަންއުޅެ މިޔުޒިކް ކުޅޭނެ މީހަކު ނުވިއެވެ.
ތަނުގައި ތިބި އެންމެންގެހެން ސަމާލުކަން ހުރީ އިމާމު ގޮވި ބަންގިއަށެވެ. އިމާމަށެވެ. ބައެއް މީހުން ސުވާލުކުރީ އިމާމުގެ މިސްކިތް ހުންނަތަނަކާއިބެހޭގޮތުންނެވެ. ފައްޅީގެ ބޮޑު ފާދިރީއަށް ހުންނަން ޖެހުނީ ބަސްހުއްޓި ބަލަހައްޓައިގެންނެވެ.
ބަންގީގެ އަޑު ދާނީ ގަދަވަމުންނެވެ! އިސްލާމްވާ މީހުންގެ ޢަދަދުވެސް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ މުސްލިމުންނަށް އޮތީ ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރުމެވެ.
ގުޅުންހުރި ވީޑިއޯ: