ދެމަފިރިންގެ ކައިވެންޏަށް މިއީ 31 އަހަރެވެ. 2018 ވަނަ އަހަރުން ފެށިގެން ފިރިމީހާ އޮންނަނީ ޕްލެޓސްބަރގްގެ ނަރސިންގ ހޯމެއްގައެވެ. މިދިއަ އަހަރު ކޮވިޑް ފެތުރުމުން އެތަނަށް ޒިޔާރަތްކުރުން މަނާކޮށްފައިވާތީ އަނބިމީހާއަށް ވަނީ ފިރިމީހާގެ ޙާލުބަލަން ބައްދަލުކުރެވޭނެ ގޮތް ނުވެފައެވެ.
އަނބިމީހާ ކުރި މަސައްކަތުން އެތަނުގެ ބަދިގެން ވަޒީފާއެއް މިދިއަ އަހަރުގެ ނޮވެމްބަރުމަހު ލިބުނެވެ. އެވަރުންވެސް ފިރިމީހާ ފެންނަވަރު މަދުވުމުން މިހާރުވަނީ ކުނިކަހާ ސާފުކުރާ މީހެއްގެ ވަޒީފާއަށް ބަދަލުވެފައެވެ.
އަނބިމީހާ ބުނަނީ ކޮވިޑަށްވެސް އެދެމަފިރިންގެ ލޯތްބަށް ހުރަސް ނުއެޅޭނެކަމަށެވެ. "މިހާރު މަސައްކަތުގަ އުޅެމުން އިރުއިރުކޮޅުން ގޮސްފެނިލަން ގޮވާލަން. މިހާރު އޮތް ޙާލުން ބައްދައި ނުލެވުނު ނަމަވެސް ބަލިވުމުގެ ކުރިން އަހަރެމެން ބައްދަލުވާ ކޮންމެ ފަހަރަކު ބައްދާލަން. ހިނިތުންވަން. މިހާރުވެސް ބައްދަލުކުރަނީ ހިނިތުންވުމާއިއެކު." ކަމަށް އަނބިމިހާ ބުނެފައިވެއެވެ.