"ޓީ އެފް އެމް ރަމަޟާން ޗެލެންޖް 1436″ ގެ ނަމުގައި ތްރީ އޮން ތްރީ ފުޓުބޯޅަ މުބާރާތެއް ދިއްގަރުގައި ފަށައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 38ސ
"ޓީ އެފް އެމް ރަމަޟާން ޗެލެންޖް 1436″ ގެ ނަމުގައި ތްރީ އޮން ތްރީ ފުޓުބޯޅަ މުބާރާތެއް ދިއްގަރުގައި ފަށައިފި
މ.ދިއްގަރު ޓީމް ފްރޮމް މާސް ފުޓްބޯލް ކްލަބް ( ޓީ.އެފް.އެމް ) އާއި މ.ދިއްގަރު ޕޮލިސް ސްޓޭޝަނާއި ގުޅިގެން 2015 ޖުލައި 1 ވީ ބުދަ ދުވަހުގެ ހަވީރު ދިއްގަރުގެ އުތުރު ފަރާތު ހުސްބިމުގައި ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް ފަށައިފިއެވެ

މި މުބާރާތުގެ މަޤްސަދަކީ ދިއްގަރު ޒުވާނުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް، އިޖްތިމާޢީ ރޫހާއި، ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުން ކަމަށް ފުލުހުން ބުނެއެވެ.

ކޮންމެ ދުވަހެއްގެވެސް ހަވީރު 17:00 ން 18:15 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 8 ޓީމެއް ބައިވެރިވެއެވެ.
މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2015 ޖުލައި 8 ވާ ބުދަ ދުވަހުގެ ހަވީރު 17:15 ގައެވެ.
މިއަދު އޮންލައިން