ސަލްމާން ރަސްގެފާނު ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ސަލްމާން ރަސްގެފާނު ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައިފި
ސައުދި އަރަބިޔާގެ ރަސްގެފާން ސަލްމާން، އުމުރާއަށް ގޮސްތިބި ފާހަގަކޮށްލެވޭ އިސް ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.


ހުކުރު ދުވަހު މައްކާގައި ހުންނަ އަލްސަފާ ގަނޑުވަރުގައި ދީނީ އިލްމުވެރިންނަށް ސަލްމާން ރަސްގެފާނު މަރުހަބާ ވިދާޅުވީ އެޤައުމުގައި ބައަކަށް މަރުހަބާ ކިޔާނެ އެންމެ މަތީ އިއްޒަތުގައެވެ.


މިބައްދަލުކުރެއްވުމުގައި ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓަވާ ރިޔާސީ ވެރިޔާ، ފަޟީލަތުިއްޝައިޚް ޢަބްދުއްލަޙްމާން އަލްސުދައިސް އާއި ޙައްޖާއިބެހޭ ވަޒީރު ބަނދަރު ޙައްޖަރު ބައިވެރިވެވަޑައިގެންނެވިއެވެ.


މީސްތަކުންގެ ތެރެއިން އެންމެ މަތިވެރި ބައަކީ ދީނީ އިލްމުވެރިންނެވެ. ފަތުވާތަކަށްބަލާއިރު ޤައުމުގެ އަމީރުގެ މަޤާމުގެ ބާރު ގަދައެވެ. ނަމަވެސް ޤަދަރު އުފުލިގެންވަނީ ދީނީ އިލްމުވެރިންގެއެވެ.


ދީނީ އިލްމުވެރިންނަށް މާތްކޮށް ހިތުމާއި އިޙްތިރާމް ކުރުމަކީވެސް އިސްލާމް ދީނަށްޓަކައި ކުރެވޭ އަޅުކަމެކެވެ. އެހެނީ ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދީނީ އިލްމުވެރިންނަށް މާތްކޮށް ހިތުމަށާއި ޤަދަރުކުރުމަށް އަމުރުފުޅު ކުރައްވަވާފައެވެ.

މިއަދު އޮންލައިން