މަދީނާގައި ހުންނަ ކައުއިތުރު ރަސޫލާގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީއަށް 3 ކިލޯ މީޓަރުގެ ސަރަހައްދެއް އިތުރުކުރުމުގެ މަޝްރޫއު ސަލްމާން ރަސްގެފާނު ތަންފީޒުކުރައްވައިފިއެވެ.
މި މަޝްރޫއުގައި ހިމެނޭ ކަންކަމުގެތެރޭގައި ޤްބާ މިސްކިތްކޮޅު ބޮޑުކުރުންވެސް ހިމެނެއެވެ. މި މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ސަލްމާން ރަސްގެފާނު ކޮންފަރެންސް ސެންޓަރު މަދީނާގެ މެދުގައި ޤާއިމުކުރެވޭނެއެވެ.
މިމަޝްރޫއުގެދަށުން ފުރަތަމަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދާނީ މަސްޖިދުއްނަބަވީގެ އިރުމަތީ ސަރަހައްދުގައެވެ. ދެވަނަ ފޭސް ކުރިއަށް ގެންދާނީ އުތުރު ސަރަހައްދުންނެވެ.
ހައްޖަށާއި އުމުރާއަށްދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މަސްޖިދުއްނަބަވީއަށްވެސް ޖާގައިގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
މައްކާގެ ހަރަމްފުޅު ބޮޑުކުރުމަށް ކުރިއަށް ގެންދަންފަށާފައިވާ މަޝްރޫއުތައް މިހާރު ދަނީ ނިމެމުންނެވެ. އެއާއިއެކު ސައުދީ ސަރުކާރުން މިހާރުވެސް ގެންދަނީ ހައްޖު ކޯޓާ އިތުރުކުރަމުންނެވެ.
އެހެންކަމާއިއެކު އެ ނިޞްބަތުން މަސްޖިދުއްނަބަވީގެ ސަރަހައްދުތައްވެސް ބޮޑުކުރަންޖެހެއެވެ.