ޔަމަނުގެ ބޮޑުވަޒިރު އެނބިރި ޤައުމަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ޔަމަނުގެ ބޮޑުވަޒިރު އެނބިރި ޤައުމަށް
ޔަމަނުގެ ބޮޑުވަޒީރު ޚާލިދް ބަހާހް އެނބުރި އަދަނަށް ވަޑައިގެންފިއެވެ. މައުލޫމާތުލިބޭ ގޮތުގައި ޚާލިދު ވަޑައިގަތީ ސައުދީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ.

ހޫތީން ޔަމަނު ސަރުކާރުގެ މައްޗަށް ވެރިވެގަތުމުން ޚާލިދުވެސް މިހައިތަނަށް ހުންނެވީ ސައުދީ ސަރުކާރުގެ ހިމާޔަތް ހޯއްދަވައިގެން ސައުދީގައެވެ.

ހޫތީންނާއި ރައީސް ހާދީ އަށް ވަފާތެރިންނާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގައި މިހައިތަނަށްވަނީ އެތައް ހާސް ބައަކު މަރުވެފައެވެ. އަދި އެތައް މިލިއަން ބައަކު ވަނީ ހާލުގައި ޖެހިފައެވެ.

އަދަނަށް ބޮޑުވަޒީރު ޚާލިދު ވަޑައިގެންނެވި ނަމަވެސް ވެރިރަށް ސަނާ އަދިވެސް ވަނީ ހޫތީންނާއި ހޫތީންގެ ބައިވެރިންގެ ބާރުގެދަށުގައެވެ.
ޔަމަނުގެވެރިކަމަށް ހޫތީން ވެރިވެގަތް ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން އަދިވެސް ބަލައިގެންފައިވަނީ ރައީސް ހާދީގެ ސަރުކާރެވެ.
މިއަދު އޮންލައިން