އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި އިއްޔެ ޙަވީރު ކުރިއަށް ގެންދިއަ 100 މީޓަރު ދުވުމުން ހަސަން ސާއިދު އެއްވަނަ ހޯދައި ގޭމްސްގެ ފުރަތަމަ ރަން މެޑެލް ރާއްޖެއަށް ހޯދައިދީފިއެވެ.
ޙަސަން ސާއިދު ރޭސް ނިންމާފައިވަނީ 10.51 ސިކުންތުންނެވެ. ރޭހުގެ ދެ ވަނަ އައި 3 ވަނަ ހޯދާފައި ވަނީ މަޑަގަސްކަރަ އިންނެވެ.
މިއީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތަކުން ޙަސަން ސާއިދަށް ފުރަތަމަ ރަން މެޑެލް ވެސް މެއެވެ. އަދި މިއީ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް އިން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެލް ވެސް މެއެވެ.
މެޑެލް ލިބުމުން ޙަސަން ސާއިދު ބުނެފައިވަނީ އެއީ މުޅި ޤައުމަށް ލިބުނު ހަދިޔާއެއް ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތުލެޓިކްސް އިވެންޓުގެ 100 މީޓަރު ދުވުމުގެ އިވެންޓުން ހަސަން ސާއިދު ފައިނަލަށް ދަތުރުކުރީ 10:86 ސިކުންތުން ރޭސް ނިންމައި އޭނާ ދުވި ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.