ބަރުދަނުގައި 6.28 ކިލޯގްރާމް ހުރި ހިރޮއިން ފައިގަ އައްސައިގެން ދުބާއީއަށް އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފިއެވެ. މިމީހާއަކީ ސްވިޑިޝް ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހެއް ކަމަށް ދުބާއީ ފުލުހުން ބުނެއެވެ.
މިމީހާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުކުރެވިގެން އެއިރު ބެލްޓް މަތީގައި އޮތް އޭނާގެ ފޮށި ހިފައިގެން ފުލުހުން ކައިރިއަށް އަންނަން ބުނުމުން އޭނާ ބުނީ އޭނާގެ ފައި ބިނދިފައިވާތީ ހިނގުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.
އެހެން ބުނުމަށްފަހު އޭނާގެ އަމަލުތައް ހުރިގޮތުންނާއި ގައިން އާދައާ ޚިލާފަށް ދައު ހިއްލަން ފެށުމުން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކޮށްފައެވެ.
އެކި ޤައުމުތަކަށް މަސްތުވާތަކެތި ފޮނުވުމަށް އެޖެންޓުން ގެންދަނީ ހަބެއްގެ ގޮތުގައި ދުބާއީ ބޭނުންކުރަމުންނެވެ. ރާއްޖެއަށް ވެސް ދުބާއީ މަގުން ދަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަމުންނެވެ.