މުސްލިމުންގެ ޤަދީމީ ސަހަރާއެއްގައި ކެފޭއެއް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މުސްލިމުންގެ ޤަދީމީ ސަހަރާއެއްގައި ކެފޭއެއް ހުޅުވައިފި
އިރުމަތީ ޖަރޫސަލަމުގައި އޮންނަ މުސްލިމުންގެ ޤަދީމީ ސަހަރާއެއްގައި ޔަހޫދީން ކެފޭއެއް ހުޅުވައި ހިންގަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މުސްލިމުން ބުނަނީ އެ ބިމަކީ މުސްލިމުން ޙުރުމަތްތެރިކޮށް ހިތާ ޤަދީމީ ބިމަކަށްވާއިރު އެފަދަ ބިމެއްގައި ކެފޭއެއް ހުޅުވުމަކީ މުސްލިމުންގެ ޤަދީމީ ބިންތަކުގެ ހުރުމަތް ކަނޑައި އެފަދަ ތަންތަން ނައްތައިލުމަށް ޔަހޫދީން ހިންގަމުންދާ އަމަލުތަކުގެ ތެރެއިން އަމަލެއް ކަމަށެވެ.

މުސްލިމުން ބުނަނީ އެ ބިމަކީ ސަހަރާއެއްގެ ގޮތުގައި މުސްލިމުން ބޭނުންކުރަމުން އައިސްފައިވަނީ މީގެ 1400 އަަހަރުން ކުރިން ފެށިގެން ކަމަށެވެ.

މުސްލިމުންގެ މުހިންމު ބިންތައް ނައްތައިލައި އެތަންތަނުގެ ޙުރުމަތް ކެނޑުމަށް ޔަހުދީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދިފަހުން ވެސް ވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބައަކު އަޅުކަމެއް ފާހަގެ ކުރުމަށް ކަމަށްބުނެ ޔަހޫދީ ފުލުހުންގެ އެހީތެރިކަމާއިއެކު މަސްޖިދުލްއަޤްޞާއަށް ވަދެގެންފައެވެ.
މިއަދު އޮންލައިން