އެމެރިކާ ކޯސްޓްގާޑުން 1 ބިލިއަން ޑޮލަރަށްވުރެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
އެމެރިކާ ކޯސްޓްގާޑުން 1 ބިލިއަން ޑޮލަރަށްވުރެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފި
އެމެރިކާގެ ކޯސްޓް ގާޑު އުޅަނދަކުން 1 ބިލިއަން ޑޮލަރަށްވުރެ އަގުހުރި މަސްތުވާތަކެތި އަތުލައިގެންފިއެވެ. އޮޕަރޭޝަންގެ ކޮމާންޑަރު ބުނީ މިތަކެއްޗަކީ އެމެރިކާގެ ސަލާމަތަށް ހުރި ނުރައްކާ ކަމަށެވެ.

ކޯސްޓްގާޑުން ބުނީ މިތަކެތި އަތުލައިގެނެވިފައިވަނީ 4 މަސް ދުވަސްތެރޭ ކަނޑުމަތީގައި ހިންގި 30 އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މިތަކެތި އަތުލައިގަތީ ސައުތު އެމެރިކާގެ ސަހައްދުންނާއި މެދުތެރޭ މެކްސިކޯގެ ސަރަހައްދުތަކުން ކަމަށެވެ.

ކޮމާންޑަރު ބުނީ މިތަކެއްޗަކީ އެމެރިކާއަށް އެތެރެކުރަން ަމަސައްކަތްކުރި ތަކެތި ކަމަށެވެ. އަދި އެތަކެތި އުފުލި އުޅަނދުތަކުގެ ތެރޭގައި އެންމެ އާދައިގެ ކުދި ބޯޓު ފަހަރުން ފެށިގެން ސަބްމެރިން އާއި ހަމައަށް ހިމެނޭ ކަމަށެވެ.

މިމައްސަލަތަކުގައި ހިމެނޭ އެއްވެސް މީހެއްގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން