ބަޣްދާދުގެ މާރުކޭޓެއް ކައިރީ ޓްރަކެއް ގޮއްވާލައިގެން ގިނަ ބައަކު މަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބަޣްދާދުގެ މާރުކޭޓެއް ކައިރީ ޓްރަކެއް ގޮއްވާލައިގެން ގިނަ ބައަކު މަރައިފި
އިރާޤްގެ ވެރިރަށް ބަޣްދާދުގައި ކާބޯތަކެތި ވިއްކާ މާރުކޭޓެއް ކައިރީ ގިނަ އަދަދެއްގެ ގޮވާތަކެތި އަރުވާފައި އޮތް ޓްރަކެއް ގޮއްވާލައިގެން ގިނަ ބައަކު މަރާލައިފިއެވެ.

ފުލުހުން ބުނީ އެއީ ގިނަ އަދަދެއްގެ ޝިއީން ދިރިއުޅޭ ސަރަހައްދެއް ކަމަށާއި މިހަމަލާގައި 62 މީހުން މަރުވެ 125 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ދީފައިވާ މިހަލާގެ ޒިންމާ އައިއެސް ވަނީ އުފުލައިފައެވެ. އަދި އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މިހަމަލާދީފައިވަނީ ފަތިހު މާރުކޭޓަށް ތަކެތި ވެއްދުމަށް ގިނަ ވެހިކަލްތަކެއް ސަރަހައްދުގައި ހަރަކާތްތެރިވަމުންދިއަ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަމީލާ މާރުކޭޓުގެ ނަމުން ނަންދީފައިވާ މިމާރުކާޓަކީ ބަޣްދާދުގެ ގިނަ ބައަކު ވިޔަފާރިކުރުމަށް ގޮސްއުޅޭ މާރުކޭޓެކެވެ.

ހަފްތާ ބަންދަށް ބޭނުންވާ ތަކެތި ގަތުމަށް ދުރު އަވަށްތަކުންވެސް ގިނަ ބައަކު ބުރާސްފަތި ދުވަހު ހެނދުނު އެ މާރުކޭޓަށް އަންނަކަމަށް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން