ޞުލްޙަ ބަލަހައްޓާ މީހުން ހަށިފޭރޭ މީހުންނަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޞުލްޙަ ބަލަހައްޓާ މީހުން ހަށިފޭރޭ މީހުންނަށް
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ސުލްހަ އާއި އަމާންކަން ަބަލަހައްޓަން ގޮސް ތިބި އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުން އަންހެނުންގެ ހަށި ފޭރުމުގެ އަމަލުތައް ހިންގާތީ އދ އިން ކަންބޮޑުވެއްޖެއެވެ.

މިފަދަ އަމަލުތަކާއި ގުޅިގެން ފައުޖުގެ ކޮމާންޑަރަށް މިހާރު ވަނީ އިސްތިއުފާ ދިނުން މަޖުބޫރުކޮށްެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޤައުމުގެ މީހުން ބުނަނީ އެއްވެސް ރަހްމެއް ނެތި އދ ގެ ފައުޖުތަކުން އަންހެނުންގެ ހަށި ފޭރެމުން ގެންދާ ކަމަށެވެ.

މިމައްސަލަ ހޫނުވެގެން ދިއައީ 3 އަންހެނަކު ދިރިއުޅޭ ގެއަކަށްވަދެ ހަށި ފޭރުމުން އެކަމުގެ ޝަކުވާ 3 އަންހެނުންފަރާތުން ހުށަހެޅުމުންނެވެ.

ސެންޓްރަލް އެފްރިކާގައި މިހާރު އެއްވެސް ސަލާމަތްކަމެއް ނެތެވެ. އެއްވެސް ހަމައެއް އުޞޫލެއް ނެތެވެ. ރައްޔިތުންގެ ޤަބީލާތަކުން އެއްބައަކު އަނެއް ބައަކާއިމެދު އަމަލުކުރަނީ ހިތަށް އެރިގޮތަކަށެވެ. އެކަން ކޮންޓްރޯލުކުރަން ދިއަ އދ ގެ ފައުޖުތަކުގެ އަމަލުތައް ވެސް ހަމައެހައިމެ ނުރައްކާތެރިއެވެ.
މިއަދު އޮންލައިން