ޔަމަނުގައި މިދިއަ އަހަރުގެ ފެބްރުއަރީ މަހު އަލްޤައިދާއިން ވަގަށް ނެގި އިނގިރޭސި ރައްޔިތަކު ދުބާއީ ސިފައިން ސަލާމަތްކޮށްފިއެވެ.
ދުބާއީ އިން ބުނެފައިވަނީ ޔަމަނުގެ ތެޔޮނަގާ ކުންފުންޏެއްގައި މަސައްކަތްކުރަމުން ދަނިކޮށް އަލްޤައިދާ އިން ވަގަށް ނެގި އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އުމުރުން 64 އަހަރުގެ ރޮބަރޓް ޑަގްލަސް ސެމްޕަލް ސަލާމަތްކުރީ ޔަމަނުގައި އޭނާ ފޮރުވާފައި ހުރިތަނަށް ދުބާއީ ސިފައިން ވަދެގަނެގެން ކަމަށެވެ.
ސެމްޕަލް ސަލާމަތް ކުރުމަށްފަހު މިހާރު ވަނީ ދުބާއީއަށް ގެނެސްފައެވެ. އަދި އިނގިރޭސި ސަރުކާރުންވެސް މިހާރު ވަނީ އޭނާ މިނިވަންވެއްޖެކަން ހާމަކޮށްފައެވެ.
ސެމްޕަލް އިނގިރޭސިވިލާތަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ޞިއްހީ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށްފަހުއެވެ.