އިނގިރޭސިވިލާތުން އީރާނުގައި އެމްބަސީ ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިނގިރޭސިވިލާތުން އީރާނުގައި އެމްބަސީ ހުޅުވައިފި
އީރާނުގައި އިނގިރޭސިވިލާތުން އެމްބަސީ ހުޅުވައި ސަފީރަކަށް އަޖޭ ޝަރުމާ އައްޔަނުކޮށްފިއެވެ. އަދި އިރާނުންވެސް އިނގިރޭސި ވިލާތުގައި އެމްބަސީ މިއަދު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ތެހްރާނުގައި ހުރި އިނގިރޭސި އެމްބަސީ ބަންދުކުރީ މީގެ 4 އަަހަރުކުރިން، އެމްބަސީއަށް ބައަކު ވަދެގަނެ އެތަނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުންނެވެ.

އީރާނުން ނުރައްކާތެރި ނިޔުކްލިއަރ އުފައްދާކަމަށް ބުނެ ހުޅަނގާއި އެމެރިކާއިން އިރާނާއިމެދު އެކި ގޮތްގޮތުން ފިޔަވަޅު އަޅައި އީރާނަށް ދަތިކުރަމުން އަންނަތާ 13 އަހަރުވެފައިވާއިރު ދާއިދިފަހުން ވަނީ އެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިފައެވެ.

އިނގިރޭސި ވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފިލިޕް ހަމޮންޑް ވިދާޅުވީ އިރާނުގެ އަމަލުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ. އަދި ނިޔުކްލިއަރ ނައްތައިލުމަށް ވެފައިވާ އެއްބަސްވުމަށް ދެ ފަރާތުންވެސް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އީރާނަކީ އިޒްރޭލަށް އޮތް އެންމެ ބޮޑު ބިރެވެ. އީރާނުން ނިޔުކްލިއަރ ބޭނުންކޮށްފާނެ ކަމުގެ ބިރު އަބަދުވެސް އިޒްރޭލަށް އޮވެއެވެ. އެހެންކަމުން ކޮންމެ ބަހަނާއެއް ދައްކައިގެން ނަމަވެސް އިރާނުގައި ހުރި ނިޔުކްލިއަރ ނައްތައިލެވިއްޖަނަމަ އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިއަދު އޮންލައިން