ނަމަނަމަ މިއިން ބަހެއް ނުބުނާތި! ރުޅިއައުމުން އަނބިމީހާއަށް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ފަޤީރުވި ތަނަވަސް މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނަމަނަމަ މިއިން ބަހެއް ނުބުނާތި! ރުޅިއައުމުން އަނބިމީހާއަށް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ފަޤީރުވި ތަނަވަސް މީހެއްގެ ވާހަކަ-

ކައިވެނިކުރިއިރު ފިރިމީހާގެ 2 ފިހާރަ ހުރެއެވެ.

ފައިވާން ފިހާރައަކާ ފޭރާން ފިހާރައެކެވެ. ކައިވެންޏަށްފަހު މަޑުމަޑުން ވިޔަފާރި ދަށްވަމުން އައިސް ދެން އަރައިނުގަނެވިދާނެ ކަމަށް ވިސްނެންފެށުމުން ރުޤްޔާކުރާ މީހެއްގެ ގާތަށްގޮސް ކަންކަން ބެލިއިރު ކަމަކުދާކަށް ނެތެވެ. ހުރިހާ ދެރައެއް ލިބެމުން އަންނަ ސަބަބަކަށްވީ އަނބިމިހާއެވެ. 

އަނބިމީހާ ޤަޞްދުގައި ގޯސްކޮށް ކަމެއް ކުރަނީއެއް ނޫނެވެ. ހިތްހަމަނުޖެހޭއިރަށް ނުބައިބަސްތައް ބުނަމުންގޮސް ދެރަ ނިކަމެތި ގޮތްތައް މިންވަރުކުރެއްވެވުން އެދި ދުޢާވެސް ކުރަނީއެވެ. އެހެންވެ ބަދުދުޢާތައްވެސް ޖެހެނީއެވެ. ބުނެވޭ ނުބައިބަސްތައް އެސްފީނާއަށް ބަދަލުވީއެވެ. 

އެމީހާ ބުނީ އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށާއި ނަމަވެސް ފުރަތަމަ ކަމަކަށްވެސް އަނބިމީހާ ދެރަވެ ނިކަމެތިވެ ތައުބާވުމަށެވެ. ފިރިމީހާއަށް ހެޔޮ ރަޙުމަތް ލެއްވެވުން އެދިގެން ދުޢާކުރުމަށެވެ.  

އެގޮތަށް ކަންތައްކުރަން ފެށުމުން ވިޔަފާރިއަށް ދިރުން ލިބި ކުރިއަރައިގެންދިއައެވެ. ހައަކަމަސްވީއިރު ޢާންމު ޙާލަތަކަށް އައުދެވިއްޖެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ދެމަފިރިންކުރެ އެކަކުވެސް އަނެކާއަށް ބަދުދުޢާނުކުރާށެވެ! ނުބައި ބަސްތައް ނުބުނާށެވެ! ތިބާއަށް އުޅެންޖެހޭނީ ދެރަ ނިކަމެތި ޙާލުގައިކަމަށް ފަދަ ބަސްތައް ނުބުނާށެވެ. އެކުގައި ނުއުޅެވިގެން ދެމީހުން ވަކިވާންޖެހުނަސް ތިބާއަށް ރަނގަޅު ބައިވެރިއަކު ނުލިބޭނެ ފަދަ ބަސްތައް ނުބުނާށެވެ. އެފަދަ ބަހެއްގެ ސަބަބުން އެކަން މެދުވެރިވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންނުޖެހި ނުދާނެއެވެ.

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން