ދެރަގޮތެއް މެދުވެރިވުމުން ކަންބޮޑުވެވެވީ ޝަރްޙް ސޫރަތުގައިވާ މިއާޔަތަށް އިތުބާރުނުކުރެވޭތީ!

ކިޔުމަށް ހޭދަވާނީ 3މ 10ސ
ދެރަގޮތެއް މެދުވެރިވުމުން ކަންބޮޑުވެވެވީ ޝަރްޙް ސޫރަތުގައިވާ މިއާޔަތަށް އިތުބާރުނުކުރެވޭތީ!

ޢާއިޝަތު ރަފާޙް ޢަލީ

 

ދަތިޙާލެއްގަ ހުރި މީހަކަށް ނިޞްބަތްކޮށް ތަނަވަސްކަންހުރި މީހަކު އުފާކުރާށެވެ. ބުނެފިނަމަ ހިތްހަމަޖެހުން ލިބެއެވެ. އެއީ އޭނާ އެހީތެރިވެދޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެމީހަކަށް އުފާވެރިކަން ހުރިކަމަށް ﷲ ތަޢާލާ އަންގަވާފައި އޮތްއޮތުމުން ހިތްހަމަޖެހުން ލިބޭކަމަކަށް ނުވެއެވެ. އެކަމުން އެނގެނީ އެމީހަކު ﷲ ތަޢާލާއަށް އިތުބާރުނުކުރާކަމެވެ. ވީމާ ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރުމެވެ.

ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ސޫރަތުއް ޝަރްޙް އަކީ މައްކީ ސޫރަތެކެވެ. މި ސޫރަތް ބާވައިލެއްވުނީ ހިޖުރައިގެ ކުރިން މައްކާގައެވެ. އަދި ޟުޙާ ސޫރަތުގެ ފަހުންނެވެ. 

މި ސޫރަތުގައި 8 އާޔަތް ވެއެވެ. މިސޫރަތައް އިންޝިރާޙް ސޫރަތޭވެސް ކިޔައެވެ.

މި ސޫރަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފައިވާ މައިގަނޑު ބައިތަކަކީ: 

·      ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ދަރަޖަފުޅު، ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެން ވާނެކަން

·      ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ދެއްވި ނިޢުމަތްތައް

·      ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ އަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އީމާންކަމުން ހިތްޕުޅު ފުރުއްވެވުމާއި، ޢިލްމާއި ޙިކްމަތުން ހިއްޕުޅު އުޖާލާކުރެއްވެވުމާއި، ކުއްފާފަތަކާއި ހަވާނަފްސުގެ އެދުންތަކުން ޠާހިރުކުރެއްވުން ހިމެނެއެވެ.  

ﷲ ތަޢާލާ ޝަރްޙް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

أَلَمْ نَشْرَحْ لَكَ صَدْرَكَ ‎﴿١﴾‏

މާނައީ: ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ (1)

·      މި ނިޢުމަތްތައް ﷲ ތަޢާލާ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ދެއްވީ މައްކާގެ މުޝްރިކުން ކުރި ދުއްތުރާ އާއި އަނިޔާއާއި އަދި އެކަލޭގެފާނުގެ ދަޢުވަތު އެބައިމީހުން ޤަބޫލު ނުކުރުމުން އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަތް ހިތްދަތި ކަމަށް ހިތްހަމަޖައްސަވާ ދެއްވުމުގެ ގޮތުންނެވެ.

·      ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ނަންފުޅު ދުނިޔެއާއި އާޚިރަތުގައި މަތިވެރި ކުރައްވާ ދަރަޖަ އުފުއްލަވާނެކަން  

ﷲ ތަޢާލާ ޝަރްޙް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَرَفَعْنَا لَكَ ذِكْرَكَ ‎﴿٤﴾‏

މާނައީ: އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. (4)

އެގޮތުން ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ ނަންފުޅު ޝަހާދަތުގެ ފަހު ދެކަލިމާގައާއި، ބަންގީގައި ހިމަނުއްވުން

·      މައްކާގައި މުސްލިމުންނަށް މުޝްރިކުންގެ ފަރާތުން ލިބުނު ދުއްތުރާތަކުގެ ސަބަބުން ދިރިއުޅެން ޖެހުނު ދަތި ޙާލާއި، މުސްލިމުންނަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ﷲ ތަޢާލާ މި ސޫރަތުގައި ކޮންމެ ދަތިކަމަކާއި ބުރަކަމަކަށްފަހު ލުއެއް އަންނާނެކަން ހަނދުމަކޮށްދެއްވާފައިވޭ

ﷲ ތަޢާލާ ޝަރްޙު ސޫރަތުގެ 5 އަދި 6 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

فَإِنَّ مَعَ الْعُسْرِ يُسْرًا ‎﴿٥﴾‏ إِنَّ مَعَ الْعُسْرِ يُسْرًا ‎﴿٦﴾

މާނައީ: ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (5) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (6)

 

ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހިފައިވާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރު މިއާޔަތުގައި އެވަނީއެވެ. " ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

 

މިއަދު އޮންލައިން