ތިބާ ބޭނުންވާ އެއްވެސް ކަމެއް މިދެކަންތަކުން ޙާޞިލުނުކުރެވުނުނަމަ އަންގާލަދޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާ ބޭނުންވާ އެއްވެސް ކަމެއް މިދެކަންތަކުން ޙާޞިލުނުކުރެވުނުނަމަ އަންގާލަދޭތި!

މޮޅަށް ކުޅެވެނީ ކޯޗުގެ އިރުޝާދަށް ޢަމަލުކުރުމުންނެވެ. އިމްތިޙާނުތަކުން މަތީވަނަތައް ޙާޞިލުކުރެވެނީ އެދުރުންގެ ބަސް ޤަބޫލުކޮށް ކިޔެވުމުންނެވެ. ދުނިޔޭގެ ދިރިއުޅުމާ އާޚިރަތް  ކާމިޔާބުކުރެވެން އޮތީ ޢަމަލުތައް ސީދާކޮށް ﷲ ގެ މަގުގައި ޘާބިތުވެގެންނެވެ. އެކަމަށް އެނަމް ެބޮޑަށް ބޭނުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ.  

ސަމާލުވެ އަޑުއަހާށެވެ!  

"އަހަރެމެން ޙާޟިލުކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވެސް ވަނީ ތިޖޫރީއެއްގައި ތަޅުލެވިފައެވެ. އެއީ ހަލާހަލާކުކޮށްލައިގެން ހުޅުވޭނެ ތިޖޫރީއެއް ނޫނެވެ. ވީމާ އެ ތިޖޫރީ ހުޅުވަން ތަޅުދަނޑިއެއް ބޭނުންވެއެވެ. 

އެތަޅުދަނޑީގައި ދެ ދޫވެއެވެ. އެ 2 ދޫ ސަލާމަތުން ނެތި ތަޅުދަނޑި މަސައްކަތެއް ނުކުރާނެއެވެ. ފުރަތަމައީ ކެތްތެރިވުމެވެ. ދެވަނައީ ﷲ ތަޢާލާއަށް ޛިކުރުކުރުމާއި ދުޢާކުރުމެވެ. މި 2 ދޫ ތަޅުދަނޑީގައި އިންނަމަ ކޮންމެ ތިޖޫރީއެއްވެސް ހުޅުވޭނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެއެވެ."

އޭނާ ވަރަށް ޙިކުމަތްތެރިކަމާއިއެކު ބަޔާންކުރައްވާފައި އެވަނީ ކޮންމެ ކަމެއް ޙާޞީލުކުރަން ބޭނުންވެގެން މަސައްކަތްކުރި ނަމަވެސް އެމީހާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭނެ އެންމެ މުހިންމު 2 ސިފައެވެ. ނުވަތަ ކޮންމެހެންވެސް ހިފަހައްޓަންޖެހޭނެ 2 ސަބަބެވެ. އެ 2 ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރާނަމަ އެމީހަކު މާޔޫސް ނުވާނެއެވެ. އިން ޝާ ﷲ  

މިބަސްފުޅުގައި ޛިކުރުކުރުން ގެންނަވާފައިވުމުން އެބަސްފުޅުގެ މާނައަކީ ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ފަރުޟުތަކަށް ރައްކައުތެރިވުމެވެ. ޛިކުރުކުރުމާއި ދުޢާކުރުން ގެނެވޭނީ އެކަންކަމުގެ ފަހަތުން ކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން