ކައިވެނި ސަލާމަތްކޮށް ހަމަޖެހިލައިގެން އުފަލުގަ ތިބެން ބޭނުންނަމަވެސް ދަސްކޮށް ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް- ޤުރްއާނުގައިވާ ވާހަކަތަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކައިވެނި ސަލާމަތްކޮށް ހަމަޖެހިލައިގެން އުފަލުގަ ތިބެން ބޭނުންނަމަވެސް ދަސްކޮށް ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް- ޤުރްއާނުގައިވާ ވާހަކަތަކުން!

ދުނިޔޭގައި މީސްތަކުން ލެއްވެވީވެސް މައްސަލައަކުންނެވެ. އެއީ އާދަމްގެފާނަށް ސުވަރުގޭގައި ހުންނަވައިގެން ކުރެއްވެވުނު ކުށުގެ މައްސަލައެވެ. ވީމާ މިބިމުން މައްސަލަ ހުހެއް ނުވާނެއެވެ. އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ކޮންމެ ދުވަހަކުވެސް ކަންކަން ކުރިމަތިވާނެއެވެ. 

ވީމާ ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ވާހަކަދައްކާށެވެ! މަޝްވަރާކުރާށެވެ! ތިމާއަށް ކުރެވޭ އިޙްޞާޞްތައް ބަޔާންކުރާށެވެ! ރަނގަޅު ވަޤުތެއް ހޯދައިގެން އެވާހަކަދައްކަން މަޑުކުރީމާ ވާނެގޮތަކީ ބޮމެއް ފަދައިން މައްސަލަ ގޮވާނީއެވެ. އެއިރުން އެއްވެސް ކަމެއް އޮންނާނީ ޙައްލުނުކުރެވިފައެވެ.  

އަހުރެމެން ދަސްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ އާދަމްގެފާނުގެ ދެމަފިރިކަނބަލުންނަށް ކުސްކުރެވުމުން ކަންތައްވޯީގޮތެވެ. ﷲ ތަޢާލާ އެކަން ވަޤުތުން އާދަމްގެފާނަށް ބަޔާންކުރެއްވެވިއެވެ. އެދެކަނބަލުން ކުށް ޤަބޫލުފުޅު ކުރައްވަވައި މާފަށް އެދިވަޑައިގަތެވެ. ތައުބާވެވަޑައިގަތެވެ. ﷲ ތަޢާލާ ތައުބާ ޤަބޫލުފުޅުކުރެއްވެވިއެވެ.  

މިވާހަކަތައް ޤުރްޢާނުގައި ބަޔާންކުރައްވަވާފައި އެވަނީ ހަމައެކަނި ކިޔައިލުމަށް ނޫނެވެ. ދުނިޔޭގެ ޙަޔާތުގައި ޢަމަލުކުރުމަށެވެ. މިމަގުން ޢަމަލުކުރާ ދެމަފިރިން އަބަދުވެސް ތިބޭނީ ވަރަށް ހަމަޖެހިލައިގެން އުފަލުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން