ރާއްޖޭގެ ދީނީ ޢިލްމުވެރިން ބިނާކުރުމުގައި އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖޭގެ ދީނީ ޢިލްމުވެރިން ބިނާކުރުމުގައި އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ބިނާކުރުމަށާއި، ކުދިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދިނުމުގައި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިސްމާޢީލް މުޙައްމަދު އަދާކުރެއްވި މުހިންމު ދައުރުގެ އަގު ވަޒަންކޮށްފިއެވެ.

ޝައިޚްގެ ހަނދާނުގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ދީނީ ދާއިރާގެ ކޮންމެ ކަމެއްގައިވެސް ޝައިޚްގެ ހިއްސާ އޮތްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، އެމަނިކުފާނު ތަޢުލީމް ހާސިލްކުރައްވަން އުޅުއްވިއިރު އެކި ގޮތްގޮތުން ޝައިޚުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ރަސްމީ މަސައްކަތުގެ ބޭރުން ގެންދާ ކޮންމެ ކަމެއްގައިވެސް ޝައިޚުގެ ވަރަށް ބޮޑު ހިއްސާއެއް އޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރުވެސް މެއެވެ.

ޝައިޚްގެ އެހީތެރިކަމާއެކު 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާކަން މި ފޯރަމްގައި ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގައި ޢަރަބި ބަހުގެ އަސާސީ ތަޢުލީމު ފެށިގެން ދިޔުމުގައާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައި ޝައިޚް ކުރެއްވި މަސައްކަތްޕުޅުތަކަކީ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ދީނީ ޢިލްމުވެރިން ޝައިޚް ސިފަކުރައްވަނީ ދިވެހި އުންމަތަށް ދީނީ ރޫޙު އާލާކޮށްދެއްވި ނަމޫނާ މުރައްބީއެއްގެ ގޮތުގައެވެ.

މިއަދު އޮންލައިން