ބައިވެރިޔާއާއިމެދު ހިތްހަމަނުޖެހުމުން ވެއްޓިގަނެވޭ އެންމެ ނުރައްކާތެރި ގޮޅި އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބައިވެރިޔާއާއިމެދު ހިތްހަމަނުޖެހުމުން ވެއްޓިގަނެވޭ އެންމެ ނުރައްކާތެރި ގޮޅި އެނގޭތަ؟

އަހުރެން ދައްކަން މިއުޅެނީ ޢަދުލުވެރިވުމުގެ ވާހަކައެވެ. ޢަދުލުވެރިވުމަކީ ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އަނެކާއާއި ތިމާއާއި ދެމެދު ގުޅުން ރަނގަޅުނަމަ ޢަދުލުވެރިވުމަކީ ކުރަން ފަސޭހަ ކަމެކެވެ. މައްސަލަ ކުރިމަތިވަނީ އަނެކާއާއިމެދު ހިތްހަމަނުޖެހިގެން ހުންނައިރުގައެވެ. އެފަދަ ވަޤުތުގައި އޮންނަނީ ޢަދަލުވެރި ނުވެވިފައެވެ.  

ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވަނީ ހުރިހާ ޙާލަތެއްގައިވެސް ޢަދުލުވެރިވުމަށެވެ. އަނެކާއާއިމެދު ހިތްހަމަނުޖެހިގެން ހުންނައިރުވެސް ޢަދަލުވެރިވުމަށެވެ. މިކަން ނުވިސްނޭތީ ނަމަވެސް މިއިމްތިޙާނުން ގިނަ ބައަކު ފޭލްވެއެވެ. އެއީ ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވާނެ މައްސަލައެކެވެ.

މިކަމުގައި ވިސްނަންޖެހޭ އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ދެމަފިރިންނަށް ޢަމަލުކުރެވޭ ގޮތެވެ. އަނެކާއާއިމެދު ހިތްހަމަނުޖެހެވޭނަމަ ޢަދުލުވެރި ނުވެވޭކަމެވެ. އެކަން ބޮޑުވެ އަނެކާއަށް އަދާކުރަން ވާޖިބު ކަންކަންވެސް ނުކޮށް އެބަތިބެއެވެ. އެއްދާންނުކޮށްވެސް އެބަތިބެއެވެ.  

އެއިރުންވެސް ވެއްޓިއެގަނެވެނީ ޢަދުލުވެރި ނުވުމުގެ ގޮޅިއަށެވެ. އެގޮޅިއަށް ނުވެއްޓޭށެވެ. އެއީ ވެއްޓެން ވަރަށް ނުރައްކައުތެރި ގޮޅިއެކެވެ. ވީމާ ދެމަފިރިންގެ މެދުގައި މައްސަލައެއްޖެހި ހިތްހަމަނުޖެހިގެން ތިބިނަމަވެސް އެގޮޅިއަށް ނުވެއްޓޭށެވެ. ޢަދުލުވެރިވާށެވެ. ކުރިމަތިކުރައްވަވާ އެއިމްތިޙާނުން ފާސްވާނީ އެއިރުންނެވެ.

 

- މަޢުލޫމާތު: ޝައިޚް މަހުދީ ރަސްތާނީގެ ދަރުސަކުން

މިއަދު އޮންލައިން