ހެޔޮލަފާ، ޞާލިޙް އަންތބަކު ލިބުމަށްވުރެ ދިރިއުޅުމަށް ފައިދާހުރި ކަމެއް ނެތް!: ޝައިޚް މުހައްމަދު ބާޖޫރު

ކިޔުމަށް ހޭދަވާނީ 3މ 20ސ
ހެޔޮލަފާ، ޞާލިޙް އަންތބަކު ލިބުމަށްވުރެ ދިރިއުޅުމަށް ފައިދާހުރި ކަމެއް ނެތް!: ޝައިޚް މުހައްމަދު ބާޖޫރު

ޢާއިޝަތު ރަފާޙް ޢަލީ

 

ތިބާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެ މާއްދާތައް ނުވަތަ ވަސީލަތްތަކަކީ ކޮބައިކަން އެނގެން ބޭނުންވަނީ ކާކުހެއްޔެވެ؟ މި ރީތި ޙަދީޘް އަޑުއަހާށެވެ.  

عَنْ سَعْدِ بْنِ أَبِي وَقَّاصٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «أَرْبَعٌ مِنَ السَّعَادَةِ: الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الْهَنِيءُ، وَأَرْبَعٌ مِنَ الشَّقَاوَةِ: الْجَارُ السُّوءُ، وَالْمَرْأَةُ السُّوءُ، وَالْمَسْكَنُ الضِّيقُ، وَالْمَرْكَبُ السُّوءُ»

މާނައީ: އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ހަތަރު ކަމެއްވެއެވެ. އެއީ، ޞާލިޙު (ހެޔޮލަފާ) އަނބިކަނބަލަކު ލިބުމާއި، ތަނަވަސް ގެދޮރެއް ލިބުމާއި، ޞާލިޙު (ހެޔޮލަފާ) އަވަށްޓެރިއަކު ލިބުމާއި، ފަސޭހަ (ރަނގަޅު) ސަވާރީއެއް ލިބުމެވެ. އަދި ނިކަމެތިކަން ގެނެސްދޭ ހަތަރު ކަމެއްވެއެވެ؛ އެއީ ނުބައި އަނބިކަނބަލަކާއި، ނުބައި ސަވާރީއަކާއި، ނުބައި އަވަށްޓެރިއަކާއި، އަދި ދަތި ގެދޮރެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ:

«الدُّنْيَا مَتَاعٌ، وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ»

"ދުނިޔެއަކީ ވަގުތީ އުފަލެކެވެ (ނުވަތަ ވަގުތީ ގޮތުން ބޭނުންކުރެވޭ މަތާއެކެވެ). އަދި ދުނިޔޭގެ އެންމެ ހެޔޮވެގެންވާ އުފަލަކީ (ނިއުމަތަކީ) ޞާލިޙު (ހެޔޮލަފާ) އަނބިކަނބަލެކެވެ." 

އިސްލާމްދީނުގައި އޮންނަނީ؛ "ޞާލިޙު އަނބިކަނބަލަކު ލިބިއްޖެނަމަ ދިރިއުޅުން އުފާވެރިވާނެއެވެ." ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުން ކައިވެނިކޮށް، ތިޔަބައިމީހުންނަށް ޞާލިޙު އަނބިކަނބަލަކު ލިބިފައިވާނަމަ، އަހަރެން މި ދައްކާ ވާހަކަ އެންމެ ރަނގަޅަށް އެނގޭނީ ތިޔަބައިމީހުންނަށެވެ. ގޭގައި ކަންކަން ރަނގަޅު ހެޔޮލަފާ އަނބިކަނބަލަކު ހުރެއްޖެނަމަ، ދިރިއުޅުމުގެ އެހެން ކަންކަންވެސް ރަނގަޅުވެގެންދާނެއެވެ. އަދި ކަންތައް އޮތީ މިއާ ޚިލާފަށް ކަމަށްވާނަމަ، އެހެން ކަންކަންވެސް އެފަދައިން ބަދަލުވެގެންދާނެއެވެ. 

- ޝައިޚް މުހައްމަދު ބާޖޫރު

- މިއަދުނޫސް

 

 

މިއަދު އޮންލައިން