އާޔަތުލްކުރުސިއަކީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި ޢާޔަތްކަން ޙަދީޘްފުޅުން ޘާބިތުވާކަން އެންމެންނަށްވެސް އެނގޭނެތީއެވެ. އެއްވެސް މުސްލިމަކު އެކަމަށް ޝައްކެއް ނުކުރާނެއެވެ.
ވިސްނައިދޭން މަސައްކަތްމިކުރަނީ މި 3 ޙާލަތުގައި (ވަޤުތުގައި) އާޔަތުލްކުރުސި ކިޔަވާނަމަ އެމީހަކު ސުވަރުގެއާއި ދިމާއަށް ދަމައިގަންނަ ސަބަބުތަކެވެ. އެމީހަކަށް ބޭނުންވާ ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.
1 ހެނދުނާއި ހަޥީރު އާޔަތުލްކުރުސި ކިޔަވާ މީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ވީމާ ކުރެވޭނީ ޙެޔޮ ޢަމަލުތަކެވެ. އެހެރަ ދެވެނީ ސުވަރުގެއާ ދިމާއަށެވެ.
2 ދެވަނައަށް އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔެވުމެވެ. ޙަދީޘްފުޅުގައި އޮތީ ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔާނަމަ އެމީހާ އާއި ސުވަރުގެ އާއި ދެމެދުގައި އޮތް ހުރަހަކީ މަުވުން ކަމެވެ.
3 ވަނައީ ނިދުމުގެ ކުރިން ކިޔެވުމުން ނިދީން ހޭލެވެންދެން އެމީހެއްގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައިދެއްވަވާނެ ކަމެވެ. ވީމާ ނިދީގައި އޮންނައިރު ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެ ހޭލެވޭނީ ތާޒާކަންމަތީގައެވެ. ﷲ ތަޢާލާގެ މަގުގައި ދުވަސްފަށާނެ ހިތްވަރާއިއެކުގައެވެ.
ހަމައެކަނި މި 3 ކަންތަކަށް ވިސްނައިލިނަމަވެސް އާޔަތުލް ކުރުސި ކިޔަވާނަމަ އެކަން އެއީ އެމީހަކު ސުވަރުގެޢާއިދިމާއަށް ދަމައި ގެންދާނެ ވަރުގަދަ ބާރަކަށްވާނެ ކަމާއި ދުނިޔޭގައިވެސް އެތައް ގޮތަކުން އެކަމުގެ ފައިދާކުރާނެކަން އެނގިގެންދިއައީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން