މި 12 ކަންތަކަށް ސަމާލުކަންދީގެން އުޅޭނަމަދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުގަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މި 12 ކަންތަކަށް ސަމާލުކަންދީގެން އުޅޭނަމަދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުގަ! އިން ޝާ ﷲ

 

ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގައި އުފާވެރިކަމާއެކު ދަމަހައްޓަން ބޭނުންވާ ކޮންމެ މީހަކުވެސް ފަރުވާތެރިވާންޖެހޭނެ ކަންތައްތަކެއް ހުރެއެވެ. ރަނގަޅަށް ވިސްނައިފިނަމަ އެއީ ކުރަން އުނދަގޫ ނުވަތަ މާބޮޑެތި ކަންތައްތަކެއްވެސް ނޫނެވެ.

ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހުމުން ޙައްލުހޯދަން ޢަމަލުކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ގިނަ ބައަކު އަހުރެންނާއި ސުވާލުކުރެއެވެ. އެފަދަ ޢާންމު ސުވާލަތަކަށް ސީދާ ޖަވާބު ދިނުން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ ކޮންމެ މީހަކީވެސް މިޒާޖާއި ޚިޔާލު ތަފާތު މީހަކަށްވާތީއެވެ. ވީމާ ބައިވެރިޔާގެ މިޒާޖާއި ޚިޔާލު އެނގިގެން ނޫނީ ފުރިހަމަ ޖަވާބެއް ނުދެވޭނެއެވެ.

ބައިވެރިޔާ މިވެނިކަމެއް ކުރާގޮތަކީ މިއީކަމަށް ބުނުމަކުން ނުފުދެއެވެ. ސަބަބަކީ އެކަމާއި ވަށައިޖެހި ލާމެހިގެންދާނެ އިތުރު އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެތީއެވެ.

ދެމަފިރިންގެ މެދުގައި މައްސަލަޖެހޭނަމަ ޙައްލުކުރަން، ނުވަތަ މައްސަލަ ނުޖެހި އެކުގައި އުޅެން ޢަމަލުކުރެވިދާނެ ކަންކަން ޢިލްމުވެރިންނާއި ތަޖުރިބާކާރުން ހާމަކުރައްވައެވެ. ތިރީގައިވާ ލިޔުމުންވެސް ވަރަށް ގިނަ ކަންތައްތަކެއް އެނގިލައްވާނެއެވެ. އިން ޝާ ﷲ

އުފަލުގައި ޒަވާޖީ ޙަޔާތް ނުވަތަ ކައިވެނި ދެމެހެއްޓުމަށްޓަކައި އަމަލުކުރަން ޖެހޭ ޤާނޫނުތަކެއް އެބަހުއްޓެވެ. މި ޤާނޫނުތަކަށް ކައިވެނި އުފަލުގައި ދެމެހެއްޓުމުގެ ޤާނޫނުގެ މާއްދާތައް ކަމަށްވެސް ކިޔައެވެ. އެއީ:

1 އެއްވެސް ސަބަބެއް ދިމާވެގެން ދެމަފިރިން އެކުގައި ރުޅި ނައުން

2 ގޭގައި އަލިފާން ރޯވެގެން ނޫނީ އެކަކު ވެސް އަޑުގަދަ ނުކުރުން

3 ދެބަސްވާންޖެހުނަސް އަނެކާއަށް އިޙްތިރާމްކޮށްގެން މަޑުމައިތިރިކަމާއެކު ވާހަކަދެއްކުން-

4 ފާޑުކީނަމަވެސް ލޯތްބާއިއެކު ފާޑުކިޔުން

5 މާޒީގައި ހިނގައި ނިމިފައި ހުންނަ މައްސަލަތަކުގެ ވާހަކަ ފަހުން ނުދެއްކުން

6 ދެމަފިރިންގެ ގުޅުމަށްވުރެ މުޅި ދުނިޔެ ވެސް މުހިންމު ނުވުން

7 ހިނިތުންވެ ތިބެގެން ނޫނީ ނިދަން އެނދަށް ނުދިއުން

8 މަދުވެގެން ދުވާލަކު 1 ފަހަރު ހުރި މައްސަލަތަކަށް މަޝްވަރާކުރުން

9 އެއްވެސް ކަމެއް އެންމެ މޮޅަށް އެނގޭނީ ތިމާއަށް އެކަނި ކަމަށް ޤަބޫލުނުކުރުން

10 ދަމުނަމާދު ދެމަފިރިން އެކުގައިކުރުން

11 ދެމަފިރިން އެކުގައި ދުޢާކުރުން ގިނަކުރުން

12 އަޅުކަންކުރުމުގަ ދެ މީހުންވެސް އެކަކު އަނެކަކަށް އެހީތެރިވުން

މި 12 މާއްދާއަށް ނުވަތަ މިއިން ބޮޑު ބައަކަށް އަމަލުކުރާ ދެމަފިރިއަކު މި ޤާނޫނާއިމެދު ދެކޭ ގޮތް ނިކަން އެހެން މީހުންނަށް ބުނެދީބަލާށެވެ! އަހަރެން މިބުނެދިނީ އުފާވެރިކަމާއިއެކު ކައިވެނި ދެމެހެއްޓުމަށް ކޮންމެ ދެމަފިރިއަކުވެސް އަމަލުކުރަންޖެހޭ މާއްދާތަކެވެ.

 އެ ދެމަފިރިއެއްގެ ކަންތައްތައް ހުންނަގޮތުން މާއްދާ އިތުރުކުރެވިދާނެއެވެ. ނަމަވެސް އުނިކުރެވިދާނެ އެއްވެސް މާއްދާއެއް މި ޤާނޫނުގައި އޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ. މި މާއްދާތައް އެކުލަވައިލީ ލައްކައަކަށްވުރެ ގިނަ ދެމަފިރިން ފޭސްބުކްގައި ބަހުސްކޮށް ވޯޓުލައިގެން ކަމަށްވާތީއެވެ.

 

--ސިންދީ އިބްރާހީމް ލުއޭޒް

 

--މިއަދުނޫސް

 

 

މިއަދު އޮންލައިން