އެންމެ ފައިދާހުރި ޞަދަޤާތަކީ ޢާއިލާއަށް ކުރާ ހޭދަ! އަތުގައި ހުރެ ހޭދަނުކުރުމަކީ ﷲ އަށް ނުކިޔަމަންތެރިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެންމެ ފައިދާހުރި ޞަދަޤާތަކީ ޢާއިލާއަށް ކުރާ ހޭދަ! އަތުގައި ހުރެ ހޭދަނުކުރުމަކީ ﷲ އަށް ނުކިޔަމަންތެރިވުން!

ﷲ ތަޢާލާ އެއްބައަކަށް ގިނައިން ރިޒުޤް ދެއްވަވައެވެ. ނަމަވެސް އެރިޒުޤް ދެއްވަވަނީ އެމީހަކު އެކަނި ބޭނުންކުރުމަކަށްނޫނެވެ. ތިމާ ބޭނުންކުރަން އޮތީ ޙައްޤުވެރިންނަށް ޙައްޤުއަދާކުރުމަށްފަހުގައެވެ. ނޫންނަމަ ވާނީ ވެވޭ ޚިޔާނާތަކަށެވެ.  

ތަނަވަސްކަން ހުރިނަމަވެސް ބައެއް މީހުންގެ ދަހިވެތިވެތިކަންބޮޑުވެ އެމީހާގެ އަނބިދަރިންނަށާއި ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ކުރަން ފަސްޖެހެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ޚަރަދުނުކުރަން ތިބެއެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވެނީ އެއީ އަތުން ބީވެގެންދާ އެއްޗެއް ކަމަށެވެ. އެހެންކަމުން މުށްބާރުކުރެވެނީއެވެ.  

ނަމަވެސް އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ޙަޤީޤަތުގައި އެމީހަކަށް އެ ފަސްޖެހެވެނީ ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރުމަށެވެ. އެއީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަންނަނިވި ޙަދީޘްފުޅަށް ބަލާށެވެ!  

Prophet Mohammad (ﷺ) said,

"If a man spends on his family (with the intention of having a reward from Allah) sincerely for Allah's sake then it is a (kind of) alms-giving in reward for him."

Sahih al-Bukhari 55 

މި ޙަދިޘްފުޅުން އެނގިގެންދަނީ އެމީހަކު ބަލަހައްޓަންޖެހޭ ޢާއިލާއަށް ހޭދަކުރާއިރު އެކަމުގެ ސަވާބު ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންހުރެ އިޚްލާޞްތެރިކަމާއިއެކު އެކަން ކޮށްފި ނަމަ އެމީހެއްގެ އެ ޢަމަލަކީ ﷲ ތަޢާލާގެ މަގުގައި ކުރި ހޭދައަކަށްވެގެންދާނެ ކަމަށާއި އެކަމަށް ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކަމެވެ. އަދި އެކަން ވެގެންދާނީ ކުރާ ޞަދަޤާތަކަށް ކަމެވެ.  

ވީމާ އަބަދުވެސް ބުނާ ފަދައިން އަނބިދަރިންނަށް ހޭދަކުރި ނަމަވެސް އެއީ މަތިވެރި ޞަދަޤާތެއްގެ ގޮތުގައި ދެކެގެން ހޭދަކުރާށެވެ! އެ ޢަމަލު ޤަބޫލުފުޅު ކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދި އިޚްލާޞްތެރިކަމާއިއެކުގައި ކުރާށެވެ!  

ޙަދީޘްފުޅުގައި އެއޮތީ ޢާއިލާއަށް ކުރާ ހޭދައިގެ ވާހަކައެވެ. ވީމާ އެއިގެ ތެރޭގައި މައިންބަފައިންނާއި ޢާއިލާގެ އެންމެންވެސް ހިމެނިގެންދާކަން ވިސްނާށެވެ! އެކަމުގެ ހެޔޮ ނަޞީބު ލިބިގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން