ދަރިން ގޮވައިގެން ދަތުރުދާއިރު އަވީގެ ހޫނުން ސަލާމަތްވާން އުނގުޅާ ސަންޓަން ލޯޝަނަށްވުރެ މާމުހިންމު، މާފައިދާކުރާނެ ލޯޝަނެއް އެބައޮތްކަން އެނގޭތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދަރިން ގޮވައިގެން ދަތުރުދާއިރު އަވީގެ ހޫނުން ސަލާމަތްވާން އުނގުޅާ ސަންޓަން ލޯޝަނަށްވުރެ މާމުހިންމު، މާފައިދާކުރާނެ ލޯޝަނެއް އެބައޮތްކަން އެނގޭތަ؟

ދަތުރަކު ދާނަމަ އިރުގެ އަވިން ސަލާމަތްވުމަށް ސަންޓަން ލޯޝަން ފަދަ އެއްޗެއް ހޯދުމަކީ ވަރަށް ޢާންމު ކަމެކެވެ. އެއީ ހަމަކުރަން ރަނގަޅުވެސް ކަމެކެވެ. ބުނެދޭން މިއުޅެނީ އެބާވަތުގެ ހުރިހާ ލޯޝަނަކަށްވުރެ މާމުހިންމު ލޯޝަނެއްގެ ވާހަކައެވެ. އެއީ ނަރަކައިން ތިމައާއި ދަރިން ސަލާމަތްކޮށްދޭނެ ލޯޝަނެވެ.  

ގިނަ ރަށްތަކެއްގައި އެއާޕޯޓްތައް ހުޅުވުމާއި ސްޕީޑް ލޯންޗްތަކުގައި ފަސޭހައިން ދަތުރުކުރެވޭތީ ދަތުރުތައް ކުރުން މިވަނީ ވަރަށް ފަސޭހަ ކަމަކަށްވެފައެވެ. ކޮންމެ ޗުއްޓީއެއް ފެށުމާއިއެކު ނުވަތަ މިހާރަކަށް އައިސް ހަފްތާ ބަންދުގައިވެސް ކިރިޔާވެސް ތަނަވަސްކަންހުރިނަމަ ރާއްޖެއިން ބޭރަށް ނުވަތަ ރަށްރަށަށް ޢާއިލާތައް އެކުގައިވެސް ދަތުރުކުރެއެވެ.  

ރަށްރަށަށް ދަތުރުގޮސްއުޅޭއިރުވެސް ގިނަބއަކަށް މިސްކިތް ނުވެސް ފެންނަކަން އެއީ ވަރަށް ދެރަ ކަމެކެވެ. ދަތުރުގެ އެންމެ މުހިންމު ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުން ކަމަށް ހަދާށެވެ. ދަތުރުގޮސް އުޅޭނަމަ ދަތުރުވެރިންނަށް ދެއްވަވާފައި ލުއިމަގުން ނަމަވެސް ނަމާދުތައް ކުރަން ފަރުވާތެރިވާށެވެ! ދަރިން ލައްވައިވެސް ނަމާދުކުރުވާށެވެ! ފަށަމުން ބުނި ލޯޝަނަކީ އެއީއެވެ. ނަމާދަކީ ނަރަކައިން ސަލާމަތްކޮށްދޭނެ އެންމެ ބާރުގަދަ އައްޑަނަކަމަށްވާތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ދަތުރުތަކުގައި ތިމާމެންނާއި ތިމާމެންގެ ދަރިން އަވީގެ ހޫނުން ސަލާމަތްކުރުމަށްޓަކައި ފާޑުފާޑުގެ ލޯޝަންތައް އުނގުޅަމުއެވެ. އެހެން ކަންކަން ވެސް ކުރަމުއެވެ. ސުވާލަކީ ތިމާ ވެސް އަދި ދަރިން ވެސް ނަރަކައިން ސަލާމަތްކުރަން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟ އެކުދިން ލައްވައި ނަމާދުކުރުވުން ފަދަ ކަންކަން އެބަކުރުވަމު ހެއްޔެވެ؟ ދަރިން ތިއަ ގެންގުޅެނީ އަޢުރަ ނިވާކޮށްގެން ހެއްޔެވެ؟ ތިބާ ވެސް މިކަންކަން ކުރަމު ހެއްޔެވެ؟  

ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އަދި އެކަން ގުޅިފައިވަނީ ހަމައެކަނި ޗުއްޓީ ދުވަސްތަކަކާއިވެސް ނޫނެވެ. ޙަޔާތުގެ ހުރިހާ ދުވަސްތަކާއިއެވެ! ވީމާ އެކަމުގައި އިހްމާލު ވެވޭ މީހުން މި އާޔަތަށް ވިސްނައި ބިރުވެތިވާށެވެ!   

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން