ސަރުކާރުގެ އިދާރާތައް ހިންގާގޮތުގެ މައުލޫމާތު ހޯދާ ކޮމިޓީއަށް އިސްލާމިކް މިނިސްޓްރީން މަރުޙަބާ ކިޔައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސަރުކާރުގެ އިދާރާތައް ހިންގާގޮތުގެ މައުލޫމާތު ހޯދާ ކޮމިޓީއަށް އިސްލާމިކް މިނިސްޓްރީން މަރުޙަބާ ކިޔައިފި
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސެކެޓްރޭޓުން ސަރުކާރުގެ އިދާރާތައް ހިންގާގޮތުގެ މައުލޫމާތު ހޯދަން މަސައްކަތްކުރާ ކޮމިޓީއަށް އިސްލާމިކް މިނިސްޓްރީން މަރުޙަބާ ކިޔައިފިއެވެ.

އެ ކޮމިޓީން މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތްކޮށް އިސްލާމިކް މިނިސްޓަރާއި އަދި އެމިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފައެވެ.

ރާއްޖޭގައި އިސްލާމިކް މިނިސްޓްރީގެ ނަމުގައި ފުރަތަމަ މިނިސްޓްރީއެއް އުފެއްދީ 2008 ވަނަ އަހަރު އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަން ސަރުކާރުންނެވެ. ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ.



މިއަދު އޮންލައިން