އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަޕާން އެމްބަސީ ރަސްމީކޮށް ހުޅުވުމާ ގުޅިގެން މިރޭ ޚާއްޞަ ޙަފްލާއެއް ބާއްވަނީ

ޖަޕާން އެމްބަސީ ރަސްމީކޮށް ހުޅުވުމާ ގުޅިގެން މިރޭ ޚާއްޞަ ޙަފްލާއެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު



ދިވެހި ރާއްޖޭގައި ޖަޕާނުގެ އެމްބަސީ ރަސްމީކޮށް މިއަދު ހެނދުނު ހުޅުވުމާއި ގުޅިގެން ދަރުބާރުގޭގައި މިރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާނެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖަޕާން އެމްބަސީ ރާއްޖޭގައި ހިންގަމުން އައި ނަމަވެސް އެމްބަސީ ރަސްމީ ގޮތުން ހުޅުއްވަވައި ދެއްވީ ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކެޓްރީ ޑރ. ޢަލީ ނަޞީރު އާއި ރާއްޖެވަޑައިގެން އުޅުއްވަވާ ޖަޕާނުގެ ޕާލަމެންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް މަސަކަޒު ހަމާޗީއެވެ.
ޖަޕާނު އެމްބަސީ ހިންގަނީ ހ. އާގޭ 8 ވަނަ ބުރީގައެވެ.

ޖަޕާނަކީ ޒަމާނުންސުރެ ރާއްޖޭގެ ތަރައްޤީއަށްޓަކައި މުހިންމު ޚިދުމަތްތަކެއް ކޮށްދެމުން ގެންދާ ޤައުމެކެވެ. އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ އިތުރުން ތައުލީމީ ދާއިރާ އަށާއި މަސްވެރިކަމުގެ ސިނާއަތަށް އެންމެ ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައިވަނީ ޖަޕާނުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް