އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ނަޝީދަށް ދެވުނު ހަމަލާ ޖުމްހޫރީ ޕާޓީންނާއި ލީޑަރ ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި

ރައީސް ނަޝީދަށް ދެވުނު ހަމަލާ ޖުމްހޫރީ ޕާޓީންނާއި ލީޑަރ ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ރައީސް މުހަންމަދު ނަޝީދުއަށް އަމާޒުކޮށް މިރޭ ދެވުނު ހަމަލާ، ޖުމްހޫރީ ޕާޓީންނާއި އެޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

މިކަމާގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭގެ ވަގުތެއްގައި ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ކާރުކޮޅު ކައިރިން ނުރައްކާތެރި އެއްޗެއް ގޮވައި އެމަނިކުފާނަށް އަނިޔާ ލިިބިވަޑައިގެންނެވި ޚަބަރަކީ ފުން އަސަރު ކުރިވި ހިތާމަވެރި ހަބަރެއް ކަމަށާއި މިއަމަލު ކޮށްވެރިކޮށް، މިކަމުގެ ހަގީގަތް ވިހާވެސް އަވަހަކަށް ހޯދައި، ކަމާބެހޭ ފަރާތްތަކުން މިކަން ތަހްގީގުކޮށް ބެލުމަށް ޖޭޕީން ގޮވާލާ ކަމަށެވެ.

ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް، މި ފިނޑި އަމަލު ހިންގާފައިވަނީ ކޮންމެ ފަރާތެއް ކަމުގައިވީނަމަވެސް އެ ފަރާތެއް ގާނޫނުގައި ވާގޮތުގެމަތިން ޝަރީއަތަށް ހާޟިރުކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވީހާވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކުން ތަހްގީގު ފެށުމަށްވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ހަމަލާ ކުއްވެރިކިރައްވާ ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި، ވިދާޅުވެފައިވަނީ "ރައީސް މުހަންމަދު ނަޝީދުއަށް އަމާޒުކޮށް މިރޭ އިރާކޮޅު މާލޭގައި ދިން ނުރައްކާތެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިކަން އަވަހަށް ތަހްގީގުކޮށް ފިޔަވަޅުތައް ލަސްނުކޮށް އަޅުއްވާ. ރައީސް ނަޝީދުއަށާއި، އަނިޔާވި އެސްޕީޖީ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި - އާމީން" ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ