އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވެރިންނަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް!: ގާސިމް އިބްރާހިމް

އަނިޔާވެރިންނަށް އަޅުގަނޑުގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް!: ގާސިމް އިބްރާހިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

އަނިޔާވެރިންނަށް ހިތުގައި އެއްވެސް ބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ރަސްމީކޮށް ހުޅުވާދެއްވުމަށްފަހު ދެއްކެވި ވާހަކައިގެ ތެރޭގައެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ގޮށްރާޅުތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައިވެސް ގޮށްރާޅުތަކާއި ގަދަފަދަ ކޮޅިގަނޑުތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ. "ދަންނަވައިފީމު އަޅުގަނޑުގެ ހިތުގައި އެއްވެސް ކަހަލަ ބަރުކަމެއް ނެތޭ ބުރަކަމެއް ނެތޭ. ވޭތުވެދިޔަތަނާއި މެދަކު ބަދަލުހިފުމުގެ އެއްވެސް ނޭއްގާނީ އަސަރެއް ހިތަކު ނެތް. އަބަދުވެސް މަސައްކަތްކުރީ އިސްލާހަށް."ކަމަށެވެ.

ކޮންމެ ވެރިއަކުވެސް ވެރިކަން ކުރައްވާއިރު ރަނގަޅަށް ކުރެވިފައި ހުރި ކަންކަމާއި ނުބައިކޮށް ކުރެވިފައި ހުންނަ ކަންކަންވެސް ހުންނާނެ ކަމަށާއި އެހެންކަމުން ބަލަންޖެހޭނީ ރަނގަޅަށް ކުރެވުނު ކަންތައްތައް ގިނަތޯކަމަށް އެމަނިކުފާނު ގާސިމް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު