ކަވާޖެހުމަކީ ވަރަށް ގިނަ ބަލިތަކަށާ މައްސަލަތަކަށް ޝިފާ ލިބޭކަމެއް-! ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަވާޖެހުމަކީ ވަރަށް ގިނަ ބަލިތަކަށާ މައްސަލަތަކަށް ޝިފާ ލިބޭކަމެއް-! ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދޭ ކަމެއް!

ކަވާ ޖެހުމަކީ ސުންނަތެކެވެ. އެއީ އިންސާނާގެ ގައިގައިވާ ބޭކާރު، ފާސިދު ލޭ ކަނޑައެޅިފައިވާ ގޮތެއްގެމަތިން ނެރުމަށް ކިޔާނަމެކެވެ. އެއީ ސުންނަތުން ސާބިތު،ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.
 
ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް:

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން

ލޭ ސާފުވުން ހިތުދަސްކުރުމުގެ ބާރު ގަދަވުން
 އަންނަނިވި ކަންތައްތަކުން ސަލާމަތްވުން

މަސްގުޅަކެއުން 

ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް

ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް

ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް   

ލޭމަތިވުން

މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
ނިދިގިނަވުމާއި ކަންނެތްކަން
ހަމުގެ މައްސަލަތައް
ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
ކެއްސުން

ބަނޑުހަރުވުމާއި ބަނޑުދިޔާވުން

ހިތުގެބަލިތައް
ހަކުރުބަލި
ލޮލުގެ ބަލިތައް
ވާގިނެތޭބަލި

ސިޙުރު

އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެއެވެ. އެކިކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާޖަހާނީ އެކިތަންތާގައެވެ. ކޮންމެކަމަކަށްވެސް ޖަހަންވާތަން ހިޖާމާޖަހާނެގޮތް ކިޔަވައިގެންތިއްބަވާ ބޭފުޅުންނަށްއެނގިލައްވާނެއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން