އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި ދުއްވާއެއްޗެހި ދުއްވުން މަނާކޮށްފި

އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި ދުއްވާއެއްޗެހި ދުއްވުން މަނާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ދުއްވާއެއްޗެހި ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މިކަމާގުޅިގެން ސިޓީ ކައުންސިލުން ބުނެފައިވަނީ އަޟްޙާ ޢީދު ދުވަހުގެ ހަވީރު ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި އުޅަންދުތައްވެސް ދުއްވުން މަނާވާނެކަމަށެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އާދިއްތަ ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00 އާ ހަމައަށެވެ.

މި ނިންމުމުގެދަށުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ.

އީދު ދުވަހުގެ ހަވީރު ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސީ އިއްޔެ އޮތް މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 150 ވަނަ ބައްދަލުވުމުގަ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ ކައުންސިލުގެ ނިންމުމާ ހިލާފަށް އެ ދުވަހު އަމަލު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު