އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީ އިން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީ އިން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި ދެ މަޤާމު ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް ޢަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓަކީ 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓެކެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީ މުހިންމު ޝަރުތެކެވެ.

ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކަށް އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 22 މޭ 2025 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެ އިސް މަޤާމުތަކުގެ ތެރެއިން މަޤާމެކެވެ. މި މަޤާމަށް ޢައްޔަންކުރެވޭ ފަރާތްތަކުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު