އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލް ޗުއްޓީއަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހެދުމަށް އިމާމް ގޮވާލައްވައިފި

ސްކޫލް ޗުއްޓީއަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހެދުމަށް އިމާމް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ސްކޫލްތަކުގެ ޗުއްޓީގެ ދުވަސްތަކަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހެދުމަށް އިމާމް ބެލެނިވެރިންނަށް ގޮވާލައްވައިފިއެވެ.

 

މިއަދުގެ ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ ޗުއްޓީގެ ދުވަސްތަކުގައި ކުދިން ކީރިތި ޤްރައާނާއި ކައިރިކުރުވުމަށާއި ޚާއްޞަކޮށް ފަރުޟު 5 ނަމާދު އަދާކުރުވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ކީރިތި ޤްރްއާނުން މިންވަރެއް އުނގަންނައިދޭން މސައްކަތް ކުރަން ވާނެ ކަމަށެވެ.

 

އިމާމް ވިދާޅުވީ ޗުއްޓީގައި ލިބޭ ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައި ހުސްވަގުތުތައް ގިނަ ކޮށްފިނަމަ ނުވަތަ ލިބޭ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަކުރާނަމަ ރަނގަޅު މަގުން ކައްސާލައިގެން ދއުން ކައިރިވާނެ ކަމަށެވެ. ފުރުޞަތުގެ ބޭނުން ހިފައި ޝައިޠާނާ ގެންދާނީ ހުސްވަގުތު ހޭދަކުރާ މީހާ މަގުފުރައްދަމުން ކަމަށެވެ.

 

މީގެ އިތުރުން ޗުއްޓީގެ ދުވަސްވަރަކީ ފައިދާ ހުރި ކޮންމެވެސް މަސައްކަތެއް ކުރާ ދުވަސްތަކަކަށް ހަދައި ކޮންމެވެސް މަސައްކަތެއް ނުވަތަ ހުނަރެއް ދަސްކުރާ ދުވަސްތަކަކަށް ހެދުމަށްވެސް އިމާމް ވަނީ ގޮވާލައްވައިފައެވެ.

 

މީގެ އިތުރުން އިމާމް ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި މައިން ބަފައިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން ޤިޔާމަތް ދުވަހުން މައިން ބަފައިންނަށް ޖެހޭނެކަންވެސް ސަމާލުކަމަށް ގެންނަވައިފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް