އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދިވެހިންގެ ބިން ދިވެހިންނަށް"- ގާސިމް އިބްރާހީމްގެ ކެމްޕެއިން ސްލޯގަން.

"ދިވެހިންގެ ބިން ދިވެހިންނަށް"- ގާސިމް އިބްރާހީމްގެ ކެމްޕެއިން ސްލޯގަން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

"ދިވެހިންގެ ބިން ދިވެހިންނަށް" މި ސްލޯގަން ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމްގެ ތާއީދާ އެކު މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ގާސިމް މިކަމަށް އެދިވަޑައިގަތީ މިރޭ މާމިގިލީ ދާއިރާގައި ކުރިއަށްގެންފިޔަ ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ޓިކެޓް ދީފައިވާ ހުރިހާ ބޭފުޅުންނާއި، ޖޭޕީއިން ތާއީދުކޮށްފައިވާ ހުރިހާ ބޭފުޅުންނާއި. އަދި އަޅުގަނޑުމެން އެންޑޯސްކޮށްދީފައިވާ ހުރިހާ ބޭފުޅުން "ދިވެހިންގެ ބިން ދިވެހިންނަށް" މި ސްލޯގަން ބޭނުން ކުރައްވައިގެން މި މަގުސަދުތައް ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް އެދޭކަމަށެވެ. 

ސްލޯގަން އާއި ލަވަ އިއުލާނު ކޮށްދެއްވީވެސް ގާސިމްއެވެ. ކެމްޕެއިންގައި ބޭނުން ކުރާނެ ލަވައަކީ މަރުހޫމު ޔޫސުފް މުހައްމަދުފުޅު ހައްދަވާފައިވާ "ދިވެހި ބިން މިއީ އުފަން މަގޭ ބިން" މި ލަވައެވެ.

ގިނަބަޔަކު ބައިވެރިވި މިޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ދެ ނައިބު ރައީސް، އަބްދުﷲ ޖިހާދާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު