އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދުހަމް ގާސިމް މަރާލިކަން ހެއްކާއެކު ޝަރީއަތަށް ސާބިތު ކޮށްދޭނަން: ޕީޖީ

އަދުހަމް ގާސިމް މަރާލިކަން ހެއްކާއެކު ޝަރީއަތަށް ސާބިތު ކޮށްދޭނަން: ޕީޖީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އަދުހަމް މުޙައްމަދު މިއަދު އިންކާރު ކުރިނަމަވެސް، ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާ ގާސިމް މަރާލިކަން، ހެއްކާއެކު ޝަރީޢަތައް ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. މިދައުވާއަށް އޭނާ ވަނީ ކުރިން އެއްބަސްވެ، ކަން ހިނގި ގޮތް ވެސް ތަފްސީލުކޮށް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައެވެ. އަދި މިމައްސަލައިގެ މީގެ ކުރިން ބޭއްވުނު އަޑުއެހުމެއްގައި، ގާސިމްގެ އާއިލާގެ ކިބައިން އޭނާ މާފަށް ވެސް އެދިފައިވެއެވެ.

ދައުވާއަށް އިއުތިރާފުވެއްޖެ ނަމަ ގާސިމްއަށް ލުއި ޖަލުގެ ހުކުމެއް އަންނާނެ ގޮތަށް އަދުހަމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އިއުތިރާފު އެއްބަސްވުމެއް ވަނީ ހަދާފައެވެ. އެއެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް މިމައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވުނު އަވަސް ނިޔާގެ ޝަރީޢަތުގައި އަދުހަމް ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނިގޮތުގައި ގާސިމްގެ މަރަކީ އޭނާ ދެނެހުރިކަމެއް ވެސް ނޫނެވެ. އަދި އެދައުވާއަށް ކުރިން އެއްބަސްކުރުވީ ފުލުހުން އޭނާ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް ބުނެ އޭނާވަނީ ތުހުމަތު ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި މިމައްސަލާގައި ޕީޖީ އޮފީހުން ޝަރީއަތައް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ