އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުންގެ ތެރޭގަ މިއުޅޭ ލާދީނީ ފިކުރުގެ މީހުން ރަސޫލާ (ޞޢޥ) ގެ ޒަމާނުގަ އުޅުންނަމަ، އުޅޭނީ އަބްދުﷲ ބިން އުބައްޔުގެ ޖަމާޢަތުގަ: ޝެއިޚް އާދަމް ނިޝާން

މުސްލިމުންގެ ތެރޭގަ މިއުޅޭ ލާދީނީ ފިކުރުގެ މީހުން ރަސޫލާ (ޞޢޥ) ގެ ޒަމާނުގަ އުޅުންނަމަ، އުޅޭނީ އަބްދުﷲ ބިން އުބައްޔުގެ ޖަމާޢަތުގަ: ޝެއިޚް އާދަމް ނިޝާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މުސްލިމުންގެ ތެރޭގައި މިހާރު މިއުޅޭ ލާދީނީ ސެކިއުލާ ފިކުރުގެ މީހުން ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) ގެ ޒަމާނުގައި އުޅުންނަމަ، އެމީހުން އުޅޭނީ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލުގެ ގްރޫޕް/ޖަމިއްޔާގައި ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާ (ޞޢޥ) ގެ އެންގެވުންތަކަކަށް ތުހުމަތު ކުރާފަދަ ގޮތަކަށް ރޭ ދަންވަރު މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ޝެއިޚް ނިޝާން ވިދާޅުވީ މުސްލިމުންގެ ތެރޭގައި އުޅޭ އެފަދަ ލާދީނީ ސެކިއުލާ ފިކުރުގެ މީސްތަކުން، ކީރިތި ނަބިއްޔާ (ޞޢޥ)ގެ ޒަމާނުގައި އުޅުންނަމަ، އެމީހުން ތިބޭނީ އަބްދުﷲ ބިން އުބައްޔު ބިން ސަލޫލްގެ ގްރޫޕް/ޖަމިއްޔާގައި ކަމަށެވެ.

އަބްދުﷲ ބިން އުބައްޔުއަކީ، މަދީނާއަށް ރަސޫލާ (ޞޢވ) ވަޑައިގެންނެވުމަށްފަހު އިސްލާމްދީނަށް ގޮވާލެއްވުމުން އިސްލާމްދިން ޤަބޫލުކުރި މީހެކެވެ. ނަމަވެސް އޭނާ ދިޔައީ ރަސޫލާ (ޞޢޥ) ގެ އެންގެވުންތަކަށް ގޮންޖައްސަވާ އެއެންގެވުންތަކާއިމެދު ސުވާލު އުފައްދަމުންނެވެ. އެހެންކަމުން އޭނާއަކީ "މުނާފިޤެއް" ގެ ގޮތުގައި އެޒަމާނުގައި ފާހަގަ ކޮށްފައިވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ