ހަނގުރާމައިގެ އަސީރަކަށްވެސް އަނިޔާވެރިވުން އިސްލާމް ދީން ވަނީ މަނާކުރައްވައިފަ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަނގުރާމައިގެ އަސީރަކަށްވެސް އަނިޔާވެރިވުން އިސްލާމް ދީން ވަނީ މަނާކުރައްވައިފަ: ޑރ. ޝަހީމް
އިސްލާމީ ޝަރީއަތުގައި މާތްﷲ ލައްވަވާފައިވަނީ ހަނގުރާމައިގެ އަސީރަކަށް ނަމަވެސް އަނިޔާވެރިވުމާއި އަނިޔާކުރުމަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދޭ "ރަޙްމަތުގެ ނަބިއްޔާގެ 15 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ހަނގުރާމަ ނިމުމުން ހަނގުރާމައިގައި ބަންދުކުރެވުނު އަސީރުންނާއިމެދު ވެސް އިސްލާމް ދީން ވަނީ އޯގާތެރިކަމުގެ ނަޒަރުން ބަލާފައި ކަމަށާއި އެމީހުންނަށް ކާންބޯންދީ ނިދާނެތަނާއި ފޭރާން ދިނުމަށް އަމުރުކުރައްވަވާފައިވާ ކަމަށެވެ. އަދި އެމީހުންގެ ޢާއިލާތަކާއި ވަކިނުކުރުމަށް ވަނީ އަމުރުކުރައްވަވާފައި ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ މުއުމިނުންނަކީ މާތް ﷲ ގެ ވަޖުހަފުޅު އެދިގެން ޔަތީމުންނަށާއި މިސްކީނުންނަށް އަދި އަސީރުންނަށް ވެސް ހެޔޮކޮށް ހިތައި ކާންދީ ބޯންދީ ހަދާ މީހުން ކަމަށް ކީރިތި ޤްރްއާނުގައި މާތް ﷲ ވަޙީކުރައްވަވާފައިވާ ކަމަށެވެ.

ކައު އިތުރު ރަސޫލާގެ ރިސާލަތުގެ މައްޗަށް ކުރިއަށް ގެންެދެވި ޕްރޮގްރާމްގައި ހަނގުރާމަތަކުގައި ވެސް މީސްތަކުންގެ ހައްޤުތައް ރައްކައުތެރިކުރުމަށާއި އަދުލުވެރިވުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާ އުޞޫލުތައް ވަރަށް ފުރިހަމައަށް ވަނީ ބަޔާންކޮށްދެއްވައިފައެވެ.

ޚަބަރާއި ގުޅުންހުރި ވީޑިއޯ
މިއަދު އޮންލައިން