ޖ. އިމާމު ބުޚާރީއާއި މުސްލިމު ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. " މީހަކު މަރުވި އިރު އޭނާ ހިފަންޖެހޭ ރޯދައެއް ވާނަމަ، އޭނާގެ ވާރުތަވެރިޔާ އޭނާގެ ފަރާތުން އެރޯދަ ހިފާނީ އެވެ" މިޙަދީޘްއިން ބަޔާންކުރާ ގޮތުގައި މައްޔިތާ ހިފަންޖެހިފައިވާ ވާޖިބު ރޯދައެއް އޭނާގެ ބަދަލުގައި އޭނާގެ ވާރުތަވެރިޔަކަށް ހިފިދާނެއެވެ.
ޖަވާބުދެއްވީ ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު