ވިޔަފާރިކުރުމުގައި މިއަދު އަމަލުކުރަމުން ގެންދާ ގޮތް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ފެނިވަޑައިގެންނެވިނަމަ އިތުރު އެކަލޭގެފާނު ކީރިތި ކުރައްވަވާނެ ކަމަށް ޑރ. ޢަބްދުﷲ ޝިހާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޑރ. ޝިހާމް ވިދާޅުވީ ރޯދައަށް މުދަލުގެ އަގުތައް އުފުލުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ބޭނުން ބޮޑުވުމުން އަތުގައި ހުންނަ މުދަލުގެ އަގުތައް އުފުލުމަކީ އިސްލާމް ދީނުގައި މުޅިން މަނާކުރެވިފައިވާ ކަންކަން ކަމަށެވެ.
ޑރ. ޝިހާމް ވިދާޅުވީ މިނެކިރުމުގައި މަކަރު ހެދުމާއި އޮޅުވައިލުމާއި ރިބާގެ މުއާމަލާތުތައް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ނުބައިކަން ބޮޑު އަމަލުތައް މީހުން ކުރަނީ ކީރިތި ޤްރްއާނާއި ދުރުހެލިކަން ބޮޑުވުމުން ކަމަށެވެ.
ޑރ. ޝިހާމް ވިދާޅުވީ ވިޔަފާރި ކުރުމަށް ބެލިނަމަވެސް ހުރިހާ ކަމެއްގައިވެސް އަމަލުކުރަންވީ ގޮތުގެ ވަރަށް ފުރިހަމަ ތަފްޞީލުތައް ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާކަމަށެވެ. އެހެހެން ކަމުން ކީރިތި ޤްރްއާން ކިޔަވައި އަމިއްލައަށް ކަންކަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.