ޤްރްއާން ފޮނުއްވަވައި ދެއްވާފަ ޓީޗަރަކުވެސް ފޮނުއްވައިދެއްވެވުމުން އެނގެނީ އުނގެނި އަމަލުކުރުމުގެ މުހިންމުކަން- ޑރ. ޝިހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޤްރްއާން ފޮނުއްވަވައި ދެއްވާފަ ޓީޗަރަކުވެސް ފޮނުއްވައިދެއްވެވުމުން އެނގެނީ އުނގެނި އަމަލުކުރުމުގެ މުހިންމުކަން- ޑރ. ޝިހާމް
މާތް ﷲ މީސްތަކުންނަށްޓަކައި ކީރިތި ޤްރްއާން ފޮނުއްވަވައި ދެއްވަވައިފައި އަދި އެ ޤްރްއާން އުނގަންވައި ދެއްވަވާނެ ޓީޗަރަކުވެސް ފޮނުއްވަވައިދެއްވެވުމުން އެނގެނީ ކީރިތި ޤްރްއާން އުނގެނުމާއި ކީރިތި ޤްރްއާނަށް އަމަލުކުރުމުގެ މުހިންމުކަން ކަމަށް ޑރ. ޢަބްދުﷲ ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ. ޝިހާމް ވިދާޅުވީ ކިރިތި ޤްރްއާން ކިޔެވުމުން އެކަނި ނުފުދޭނެ ކަމަށާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެއްކެވި ނަމޫނާ ވެސް އުނގެނި ދަސްކުރަންޖެހޭނެ ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ ކައު އިތުރު ރަސޫލާ ވަނީ އަޅުގަނޑުމެންނަށް މުހިންމު 4 ކަމެއް ކޮށްދެއްވަވާފައި ކަމަށެވެ. އެގޮތުން މާތް ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުމުން ލިބެންހުރި އުފާވެރިކަމުގެ ޚަބަރުތަކާއި އެކަލާނގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤްރްއާން އަޅުގަނޑުމެންނަށް ގެނެސް ދެއްވެވީ އިތުރު އެކަލޭގެފާނު ކަމަށާއި އެކަމަށް މާތް ﷲ ކަނޑައެޅުއްވެވުމުން ނަބީ ކަމާއި ރަސޫލުކަން ވެސް އިތުރު އެކަލޭގެފާނު ކޮށްދެއްވެވި ކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ މާތް ﷲ ގެ ދީނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގޮވައިލެއްވެވުމުން އެކަން ޤަބޫލު ނުކުރި މުޝްރިކުންވެސް އިތުރު އެކަލޭގެފާނަކީ ތެދުވެރި ބޭކަލެއްކަން ޤަބޫލުކުރި ކަމަށެވެ. މުހައްމަދުލްއަމީން ގެ ނަންފުޅު އެރުވި ކަމަށެވެ. އަދި މިހުރިހައި ކަންކަމުން ވެސް އެނގިގެންދަނީ އިތުރު އެކަލޭގެފާނަކީ ނަބިއްޔެއް އަދި ރަސޫލެއްކަން ކަމަށެވެ.

"އެހެންވީމާ ކޮންމެ ނަމާދެއްގައިވެސް އަޅުގަނޑުމެން އިތުރު އެކަލޭގެފާނަށް ޞަލަވާތްކިޔަވަން މިޖެހެނީ. އިބްރާހީމްގެފާނަށް ލެއްވެވި ފަދައިން ޞަލަވާތާއި ބަރަކާތް ލައްވަވައިދޭން ދަންނަވަން ޖެހެނީ."

ޑރ. ޝިހާމް ވިދާޅުވީ ޢާއިޝަތުގެފާނުގެ އަރިއަހުން އެގެން ގޮތްގޮތުގައި ބައްޕައެއްގެ ހައިޞިއްޔަތުންނާއި ފިރިއެއްގެ ހައިޞިއްޔަތުން އަދި އާއިލީ ހުރިހާ މަޤާމުތަކެއްގައާއި ކޮމިޔުނިޓީ ލީޑަރެއްގެ ހައިޞިއްޔަތުން އިތުރު އެކަލޭގެފާނަކީ އެންމެ ފުރިހަމަ ނަމޫނާ ކަމަށެވެ. "އެހެންކަމުން ކީރިތި ޤްރްއާން ކިޔަވަމުންދާއިރު މިކަންކަމަށް ފުރިހަމައަށް ވިސްނައި ފިލާވަޅުތައް ނަގަންޖެހޭނެ. އެއިރުން ކީރިތި ޤްރްއާން ކިޔެވުމުގެ ފައިދާ އަޅުގަނޑުމެންނަށް ކުރާނީ."

ޑރ. ޝިހާމް މިމޭރުމުން ވިދާޅުވެފައިވާއިރު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކީރިތި ޤްރްއާން ކިޔެވި ނަމަވެސް އެއަށް އަމަލުކުރާ ބައެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި ކީރިތި ޤްރްއާނާއި އިސްލާމް ދީނުގެ މަތިވެރިކަމުގެ ވާހަކަތައް ދެއްކި ނަމަވެސް އިސްލާމް ދީން މަތިވެރިކުރަން އެއްވެސް ކަމެއް އަމިއްލައަށް ކުރާ ބައެއް ނޫންކަންވެސް ފާހަގަކުރެވެއެވެ.

ހަމައެއާއިއެކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ތައުރީފްގެ ބަސްތައް އޮއްސަމުން ގެންދާ ބައެއް މީހުންނަކީ އިތުރު އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރާ ބައެއް ނޫންކަންވެސް ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން