ފޭރޭ މީހުން ގިނަވަނީ- އަތް ނުކަނޑަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފޭރޭ މީހުން ގިނަވަނީ- އަތް ނުކަނޑަންވީ ކީއްވެ؟
މަރަށްމަރު ހިފާއިރު ވައްކންކޮށް ފޭރޭ މީހުންގެ އތް ނުކަނޑަންވީ ކީވެކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.

ފުލުހުން މިއަދުވެސް ބުނެފައިވަނީ މާލޭގެ ތިން ސަރަޙައްދަކުން ފޭރުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގންގޮސްފައިވާ ކަމަށެވެ.
.
މިމައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސައިކަލެއްގައި ދެ މީހަކު ގަލޮޅު ސަހަރާއި ކައިރިންނާއި ލޮނުޒިޔާރަތްމަގު ސައުތުކެފޭ ކައިރިންނާއި ވެސްޓްޕާކް ސަރަޙައްދުން ހިނގާފައިދާ މީހުންގެ އަތުން ފޭރެމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން ހެންވޭރު ސަރަހަރާ ކައިރިން މިއަދު 11:00 ހާއިރު ކަމަށެވެ.
.
އެދެމީހުންނާއި އެމީހުން ދުއްވި ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުން ދުއްވި ސައިކަލަކީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސައިކަލެކެވެ. އަދި އެ ތިން ސަރަޙައްދުން ފޭރުނު އަތްދަބަސްތައް ފުލުހުން ވަނީ ހޯދާފައެވެ


މިއަދު އޮންލައިން