ޗައިނާގެ ޔުނާން ޕްރޮވިންސުގައި ރާއްޖޭގެ އޮފީހެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގެއޮފީހެއް ޗައިނާގެ ޔުނާން ޕްރޮވިންސްގައި ހުޅުވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިމަހުގެ 13ން 18އަށް ޗައިނާގައި ބޭއްވި ކުންމިންފެއާރގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތައުފީޤު ވިދާޅުވީ ރާއްޖޭގެ އޮފީހެއް ހުޅުވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ބޭރުޤައުމުތަކުގެ ވިޔަފާރިތަކާ ގުޅުވައިދިނުން ކަމަށެވެ.
އެހެންނަމަވެސް އެ އޮފީސް ޤާއިމް ކުރާނީ ކޮންޙައިޘިއްޔަތަކުން ކަމެއް އަދިނޭނގެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކްސްޕޯރގައި ދިވެހި އުފެއްދުންތަކަށް ވަރަށް ބޮޑުތަރުހީބެއް ލިބުނު ކަމަށެވެ. އަދި ޚާއްޞަކޮށް ދިވެހި މަހުގެ އުފެއްފުންތަކަށްލިބުނު ތަރުހީބު ވަރަށްބޮޑު ކަމަށެވެ.