އިދިކޮޅު 4 ލީޑަރުންނަކީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ލީޑަރުން: ޢަބްދުއްރަޙީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިދިކޮޅު 4 ލީޑަރުންނަކީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ލީޑަރުން: ޢަބްދުއްރަޙީމް
އިދިކޮޅު 4 ލީޑަރުންގެ ގޮތުގައި ތިއްބެވި 4 ލީޑަރުންނަކީ 2008 ވަނަ އަހަރު އާއި 2013 ވަނަ އަހަރު ރައްޔިތުން އެބޭފުޅުންނަށް ނޫނެކެވެ ބުނެފައިވާ 3 ލީޑަރުން ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓުގައި ހާމަކުރައްވާފައިވަނީ ރައީސް މައުމޫން އާއި ޝައިޚް އިމްރާން އާއި ޤާސިމް އިބްރާހީމް އާއި ރައީސް ނަޝީދުގެ ފޮޓޯފުޅެވެ.




މިއީ ހަޤީޤަތެއް ކަމަށް ޢަބްދުއްރަހީމް ވިދާޅުވި ނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދުއެވެ.

އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް މައުމޫން އާއި ޤާސިމް އިބްރާހީމް އާއި ޝައިޚް އިމްރާން ޢަބްދުﷲ ކަމަށް ގިނަ ބައަކު ބުނެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ވެސް ވަނީ އެކަން ޤަބޫލުފުޅު ކުރައްވައި އެތައް ފަހަރަކު ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދު އޮންލައިން