އައްޑޫ ޓަރޝަރީީ ހޮސްޕިޓަލް ނިމުމުން އިޤްޠިޞާދީ ފައިދާތަކެއްވެސް ލިބޭނެ: ހެލްތް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އައްޑޫ ޓަރޝަރީީ ހޮސްޕިޓަލް ނިމުމުން އިޤްޠިޞާދީ ފައިދާތަކެއްވެސް ލިބޭނެ: ހެލްތް މިނިސްޓަރ
އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރުގައިި މިހާރު ތަރައްޤީކުރަމުން ގެންދާ ޓަރޝަރީ ހޮސްޕިޓަލް ނިމުމުން ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން އިޤްޠިޞާދީ ފައިދާތަކެއްވެސް ކުރާނެ ކަމަށް ހެލްތް މިބިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އެތަނުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބެއްލަވާލެއްވުމަށްފަހު ނާޒިމް ވިދާޅުވީ އަންނަ އަހަރުގެ މެދެއްހައިތަނަށް މަސައްކަތްތައް ނިމޭނެ ކަމަށެވެ. އަދި އެހޮސްޕިޓަލުގެ ސަބަބުން ދެކުނުގެ ޞިއްޙީ ޚިދުމަތްތަކަށް އިންޤިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީ ކުރެވުމުން އުފެދޭނެ އިތުރު ވިޔަފާރިތައް ވެސް ހުންނާނެ ކަމަށެވެ. އަދި ނަރުހުންނާއި އެނޫންވެސް ގިނަ އަދަދެއްގެ މުވައްޒިފުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި މިކަންކަމުގެ ސަބަބުން އައްޑޫ ސިޓީގެ އިޤްޠިޞާދަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށެވެ.
މިއަދު އޮންލައިން